ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ލ. ގަން ބްރާންޗް ހުޅުވައިފި

Mar 30, 2017
1

ބޭންކް އޮފް މޯލްޑިވްސް އިން ލ. ގަމުގައި ސެލްފް ސާވިސް އޭޓީއެމްއާއެކު ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.

ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ އާ ބްރާންޗް ހުޅުއްވައި ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

މި ރަސްމިއްޔާތުގައި އެންޑްރޫ ހީލީ ވިދާޅުވީ މި ބްރާންޗުގެ ސަބަބުން ގަމުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ގަމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މި ބްރާންޗް މެދުވެރިކޮށް އެހީތެރިކަން ދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިންވެސްޓްމަންޓަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކުރުމަށާއި 150 އާ ވަޒީފާ އުފެއްދުމަށް ދާދިފަހުން ބޭންކުން އިއުލާންކޮށްފައިވާ ޕްރޮގްރާމްގެ ދަށުން ކުރި އިންވެސްޓްމަންޓެއް،" ހީލީ ވިދާޅުވި އެވެ.

މި ބްރާންޗަކީ ފަހަކަށް އައިސް ބީއެމްއެލްއިން އަތޮޅުތަކުގައި އަލަށް ހުޅުވަމުންދާ ބްރާންޗްތަކޭ އެއްފަދަ އިން ކުޑަ ޓީމަކާއެކު އެންމެ ޒަމާނީ ސެލްފް ސާވިސް އޭޓީއެމް ޓެކްނޮލަޖީ ބޭނުންކޮށްގެން 24 ގަޑި އިރު ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބޭ ބްރާންޗެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 83 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 24 ސެލްފްސާވިސް ބޭންކިންގ ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.