ރާއްޖެ ކުޅިވަރު

ރެޑްބުލްގެ ނޭމާ ފައިވް ފުޓްސަލްގެ ކޮލިފައިން އަންނަ މަހު

Mar 30, 2017

ރެޑްބުލްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޭމާ ޖޭއާރް ފައިވް ސައިޑް" ފުޓްސަލް ޓޯނަމަންޓްގެ ކޮލިފައިން ބުރު އަންނަ މަހުގެ 15 ގައި ފަށަން ރެޑްބުލްއިން ތާވަލު ކޮށްފި އެވެ.

ދުނިޔޭގެ އެކި ގައުމު ތަކަށް ހުޅުވާލައިގެން ބާއްވާ ބުރު މިދިޔަ ތިން އަހަރުވެސް ބާއްވަފައި ވަނީ ރާއްޖޭގަ އެވެ. ރާއްޖޭގެ ކޮލިފައިންގެ ނުވަ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ރެޑްބުލްއިން ވަނީ ނިންމާފަ އެވެ.

ނޭމާ ޖާއާރް ފައިވްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، ކީޕަރާއެކު ކޮންމެ ޓީމެއްގައި ހިމެނޭނީ ފަސް ކުޅުންތެރިން ނެވެ. ކޮންމެ މެޗެއްގައި ކުޅޭނީ 10 މިނެޓެވެ. އިދިކޮޅު ޓީމުން، ލަނޑު ޖަހާ ކޮންމެ ފަހަރަކު، ލަނޑު ވަން ޓީމުން، ކުޅުންތެރިޔަކު މަދު ކުރާނެ އެވެ.

ކޮލިފައިންގެ ބުރުތައް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

އޭއެޕްރީލް 15 ގައި ގދ. ތިނަދޫ އަދި ސ. ގަން، 22 އޭޕްރީލްގައި ހދ. ކުޅުދުއްފުށި އަދި ޏ. ފުވައްމުލަށް، 28 އޭޕްރީލްގައި، ހއ. އިހަވަންދޫ، 29 އޭޕްރީލް ހއ. ހޯރަފުށި، އަދި ގއ. ވިލިގިނލި، 13 މެއި ގައި މާލެ

ފައިނަލު އޮންނާނީ މެއި މަހުގެ 20 ދުވަހު މާލޭގަ އެވެ. ފުޓްސަލް މުބާރާތުގައި އޮންލައިން ކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ނޭމާ ޖޭއާރް ފައިވް ސައިޑް ފުޓްސަލް މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް: www.neymarjrsfive.com