ޖުމެއިރާ ވިޓަވެލި

ޖުމެއިރާ ވިޓަވެލީގެ ރޯޔަލް ރެޒިޑެންސް ހުޅުވައި ދެއްވައިފި

Mar 30, 2017

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓްގެ ރޯޔަލް ރެޒިޑެންސް މިރޭ ހުޅުވައިފި އެވެ. މިތަން ރަސްމީކޮށް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދެވެ.

މިރޭ އެ ރިޒޯޓުގައި ހުޅުވުނު ރޯޔަލް ރެސިޑެންސަކީ ކޮންމެ ފަހަރަކު ގިނަވެގެން 14 މީހުނަށް ތިބެވޭ ގޮތަށް އިމާރާތްކޮށްފައިވާ ތަނެކެވެ. މި ރެސިޑެންސަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި 3,500 އަކަމީޓަރުގެ ކަނޑުފަޅާއި، ރީތި ހުދު ދޮންވެލިގަނޑެއް ހިމެނެ އެވެ.

އަދި، މި ރެސިޑެންސްގައި އަމިއްލަ ސްޕާއަކާއި، ދެ ޕޫލާއި، ޖިމެއްގެ އިތުރުން ރެސްޓޯރަންޓަކާއި، ފެނުންމަތީ ބާ އެއް ހިމެނެއެވެ. މި ރެސިޑެންސް ޚާއްޞަކުރެވިފައިވަނީ އާދަޔާޚިލާފު ފެންވަރު ރަނގަޅު ޗުއްޓީއެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށެވެ.

ޖުމެއިރާ ވިޓަވެލި އައިލެންޑް ރިޒޯޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިޒޯޓް ވިޔަފާރިތައް ބިނާކޮށް އަދި ހިންގަމުންދާ، ޖުމެއިރާ ކުންފުނީގެ ރިޒޯޓެކެވެ.