ދުނިޔެ

ރައީސް ކަމުން ދުރުކުރި ޕާކް ގޫން ހެއި ހައްޔަރުކޮށްފި

Mar 31, 2017

ކޮރަޕްޝަނުގެ ތުހުމަތު ތައް ކުރެވި ދެކުނު ކޮރެއާގެ ރައީސްކަމުން ދުރުކޮށްފައިވާ ޕާކް ގޫން ހައި ހައްޔަރުކޮށްފި އެވެ.

ދެކުނު ކޮރެއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އޭނާ ހައްޔަރުކުރީ އޭނާ މަގާމުން ވަކިކުރުމުގެ ސަބަބު ކަމަށްވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން ޕާކް ހައްޔަރުކުރުމުގެ އަމުރު ދިނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ޚިޔާނާތާއި ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ސަރުކާރުގެ ސިއްރުތައް ހާމަކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ. އޭނާ ހައްުޔަރުކުރުމުގެ އަމުރު އެކޯޓުން ދިނީ ވަރަށް އަވަހަށް ބޭއްވި އަޑު އެހުންތަކަށް ފަހުގައެވެ. ޕާކް ހައްޔަރު ކުރުމާއި މެދު ގޮތެއް ނިންމަން އަޑު އެހުންތައް ބޭއްވީ އިއްޔެއެވެ. އެ އަޑު އެހުންތައް ނިންމައި އަމުރު ދިނީ އެއް ދުވަހުގެ ތެރޭގައެވެ.

ޕާކް ރައީސް ކަމުން ދުކުރުމަށް ދެކުނުކޮރެއާގެ ޕާލަމެންޓުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އެކަމަށް ތާއީދުކުރުމުން އޭނާ މަގާމުން ވަކިވީ މިހިނގާ މާޗްމަހުގެ 10 ވަނަ ދުވަހުއެވެ.