ހޮލީވުޑް

ބޮސް ބޭބީއަށް ވެސް ބިއުޓީ އެންޑް ދަ ބީސްޓް ބައްޔެއް ނުކުރެވުނު

Apr 7, 2017
1

ވޯލްޓް ޑިޒްނީ ޕިކްޗާސް އިން މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު ނެރުނު ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" މިވަނީ ބޮކްސް އޮފީހުގައި ކުރި ހޯދާފަ އެވެ. އޭގެ ފަހުން މާޗް 31 ވަނަ ދުވަހު ނެރުނު ޑްރީމް ވޯކްސް އެނިމޭޝަންގެ ހެއްވާ މަޖާ "ބޮސް ބޭބީ" އަކަށް ވެސް ބޮކްސް އޮފީހުގައި ބިއުޓީ އެންޑް ދަ ބީސްޓްގެ މައްޗަށް ކުރިއެއް ނުހޯދުނެވެ.

އެގޮތުން ބިއުޓީ އެންޑް ދަ ބީސްޓަށް 393.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، ބޮސް ބޭބީ އަށް ލިބިފައިވަނީ 50 މިލިއަނެވެ.

ބިއުޓީ އެންޑް ދަ ބީސްޓް ބޮކްސް އޮފީހުގައި ކުރީގައި އޮތް ނަމަވެސް ގިނަ މިއީ ހަމަ ކުރީގެ އެނިމޭޓެޑް ފިލްމްގެ ލައިވް އެކްޝަން ފިލްމެކެވެ.

ބޮސް ބޭބީ އަށް ބޮކްސް އޮފީހުގައި ކުރި އަދި ހޯދިފައިނެތް ނަމަވެސް މިއީ ހަފްތާ ބަންދުގައި އާއިލާއާއެކު ހީލާ ހަދާލަން ބަލާލަން މަޖާ ފިލްމެކެވެ.