ކުޅިވަރު

ވެލެންސިއާ އަތުން ނިއު އަށް އުނދަގޫ މޮޅެއް

Apr 8, 2017

ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން އުނދގޫ މޮޅެއް ހޯދައި، ތާވަލުގެ ކުރީގައި ލީޑް ދަމަހައްޓައިފިއެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނިއު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ.

މެޗުގައި ވެލެންސިއާ އާއި ނިއު އަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސް ވެފައެވެ.

މެޗުގެ 26 ވަނަ މިނެޓްގައި ނިއުގެ އެޑްރިއަން ގަލާޑޯ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ފައިސަލްއާ ދިމާލަށެވެ.

އޭގެ ދެ މިނެޓްފހުން، ޕެނަލްޓީ އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅަ، އޭނާ ބާރު ހަމަލާ އެއް ވެލެންސިއާގެ ގޯލަށް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ، އިރުމަތި ފަރާތުން ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 32 ވަނަ މިނެޓްގައި ނިއުއަށް ލިބުނު ހިލޭ ޖެހުން އަކުރަމ،ް އަބުދުލް ގަނީ، ވެލެންސިއާޣެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިނުމުން، އަހްމަދު އަބްދުﷲ ލިލީ ބޮލުން ފޮނުވާލި އެވެ. ނަމަވެސް އެބޯޅަ ގޯލް ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ވަގުތު ވެލެންސިއާގެ ޕެނަލްޓީ އޭރިއާއިން ގަލާޑޯ ވަނީ ވެލެންސިއާ ކުޅުންތެރިޔަކު ކޮށްޕާލާފަ އެވެ. އެހެންވެ އެ ފައުލާ ގުޅިގެން ވެލެންސިއާ ދިނީ ހިލޭ ޖެހުމެކެވެ.

މެޗުގެ 36 ވަނަ މިނެޓްގައި އަކުރަމް ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ހުރަސް ކުރި ބޯޅަ ސްޓެވަން މާކޮވިޗް ބޮލުން ގޯލާ ދިމާލަށް ފޮނުވާލި ބޮޅާ ދިޔައީ ގޯލް ދަނޑިއާ އިންޗިއެއްހާ މަތިން ބޭރަށެވެ.

މެޗުގެ 43 ވަނަ މިނެޓްގައި ވެލެންސިއާ އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ތަނަވަސް ވެފަ އެވެ. ވެލެންސިއާގެ އަހްމަދު ރިލްވާން، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ގޯލް ކުރިމަތީގައި ހުރި އޮމަޑޫ ގޮޑްފްރޭ ވެސްޓަށް ދިނުމުން، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓް ތެރޭގައި ވެލެންސިއާގެ އޮމަޑޫ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ނިއުގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

މެޗުގެ 57 ވަނަ މިނެޓްގައި ވެލެންސިއާ ގެ ޕެނަލްޓީ އޭރިއާއިން ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ވަރަށް މަސައްކަތުން ސެންޓޭ. ހަމްޒާ މުހައްމަދު (ހަމްޕް) އަށް ތަނަވަސް ކޮށްދިން ބޯޅަ ފޮނުވާލުމުން ބޯޅަ ދިޔައީ ވެލެންސިއާގެ ގޯލް ހުރަސް ކޮށް ދަނޑި ކައިން ބޭރަށެވެ.

އޭގެ ކުރިންވެސް ސެންޓޭ ވަނީ، ހަމްޕް އަށް ރަނަގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ވެލެންސިއާގެ ގޯލާ ދިމާލުން ހަނި އޭންގަލެއްގައި ހުރެފައި ފޮނުވާލި ބޯލަ ކީޕަރު ފައިސަލް ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ނިއުގެ ލަނޑު 78 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ ގަލާޑޯ އެވެ. އޭނާ ލަނޑު ޖެހީ ހަމްޕް އުފެއްދި ހަމަލާ ކީޕަރ ފައިސަލް ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ފޮނުވާލައިގެން ނެވެ.

އަށްޑިހަ ހަ ވަނަ މިނެޓްގައި އޮމަޑޫ އަށް ލިބުނު ބޯޅަ، ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޕެނަލްޓީ އޭރިއާ ވަދެ ބޯޅަ އަށް އެރި، ރިލްވާން ފޮނުވާލި ބޯޅަ، ދިޔައީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

މިއަދު ހަވީރު، ޓީސީ އާއި ޔުނައިޓަޑް ވިކްޓަރީ ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރީ 2-0 ން ނެވެ. ޓީސީގެ ލަނޑުތައް ކާމިޔާބު ކުރީ އަލީ ނާފިއު (ކަޅޭ) އާއި އަލީ ނަޝޫހް ރަޝީދެވެ.