ހަބަރު

ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފާޑުކިޔަނީ ހަގީގަތް ނުބަލާ: ޒުހޫރު

ރާއްޖޭގެ ސަރުކާރަށް ފާޑު ކިޔައި ބޭރުގެ ފަރާތްތަކުން އެކަން ކުރަނީ ކަން ހިނގާގޮތުގެ ހަގީގަތް އެގިގެން ތިބެ ނޫންކަމަށް އިކޮނޮމިކް ކައުންސިލްގެ (އީވައިސީ) ގެ ޗެއާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ޗެންލް 13 ގެ ނިޔުސް ޓޯކް ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ކަމެއް ކުރި ނަމަވެސް އަބަދު ވެސް ފެންނަނީ ސަރުކާރާ އިދިކޮޅަށް އެއްޗިހިތަކެއް ބުނަމުންދާ ތަން ކަމަށެވެ. ދިވެހި ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވީއިރު، ރާއްޖޭގެ ޑިމޮކްރަސީ އާއި އެގައުމުތަކުގެ ޑިމޮކްރަސީ ވަރަށް ތަފާތުވާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި އެފަދަ ޑިމޮކްރަސީތަކާ ރާއްޖެއާ އަޅާ ނުކިޔޭނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި އެކަން ހިނގައި ދިޔަ ގޮތަށް ބަލާފަ އެއް ނޫން އެވާހަތައް އެދައްކަނީ އެއް. މަޖިލީހުގެ ވޯޓެއް އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށޭ ބުނެފައި އެގޮތަށް ސްޓޭޓްމެންޓެއް ނެރެވިދާނެކަމަށް ވެސް އަޅުގަނޑަށް ގަބޫލެއް ނުކުރަން،" ޒުހޫރު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުހޫރު ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު، ރޯލްކޯލް ވޯޓަކަށް ދާން ޖެހުނީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާއި މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައި ސިސްޓަމްގައި މައްސަލަ އުޅޭކަމަށް ބުނުމުން ކަމަށެވެ. އަދި އެކަން ކުރީ، މަޖިލީހުގެ މެންބަރުންގެ މެދުގައި އެންމެ ރަނގަޅު ގޮތް ބެލުމަށް ނެގިގެން ދިޔަ ވޯޓަކުން ކަމަށްވާ އިރު ބޭރުގެ ފަރާތްތަކުން އެކަމުގައި ފާޑުކިޔަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަޔާ ގުޅުވައި އޭނާ ވިދާޅުވީ، ދައުލަތަށް ދައްކަން އޮންނަ ފައިސާއެއް ނުދެއްކުމަށް ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރު ކުރަން ކުރާ މަސައްކަތަކަށް ސަރުކާރުން ބޯނުލަބާނެ ކަމަށެވެ. އަދި އެފަދަ ކަންކަމުން ރެކުމަށް ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ހިންގާ ސިޔާސީ ހަރަކާތްތަކަކީ މިހާރު ރައްޔިތުން ބަލައި ގަންނާނެ ކަންކަން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ޒުހޫރު ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއްގައި ވެސް އެފަދަ ސިޔާސީ ފަރާތްތަކުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ނުވާހާ ހިނދަކު އެ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރާ ކަމަށެވެ.

ޒުހޫރު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރާއި މި ސަރުކާރާ ހުރި ތަފާތަކީ ގާސިމް ވެސް އަދި އެހެން ފަރާތެއް ވިޔަސް ކުށުގެ ތުހުމަތެއްގައި ހައްޔަރު ކުރިޔަސް އެކަން ކުރަނީ ފުލުހުންނަށް ފެނިގެން އެ އޮންނަ ގާނޫނީ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެތަރަހައިގެ ބޭރުން މި ސަރުކާރުން ފުލުުހުންނާއި ސިފައިންނަށް ވެސް އައިރު ގާނޫނީ އަމުރުތަކެއް ނުކުރާނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ރިޝްވަތު ދޭ ކަމަށް ގާސިމްގެ މައްޗަށް ކުރާ ތުހުމަތުތައް ވެސް ފުލުހުން ބަލަމުން ދަނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.