ހަބަރު

ތަރައްގީ ލިބޭނީ ރައީސް އާއި މެޑަމްއަށް އެއްބާރުލުންދީގެން: އަޒްލީން

ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނީ ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމަށް އެއްބާރުލުންދީ، ސަރުކާރުގެ މަސައްކަތްތައް އިޖާބަދީގެން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"އެންމެ ގާތުން" ކެމްޕެއިންގެ ދަށުން މެޑަމް ފާތުން ކ. ކަށިދޫއަށް ވަޑައިގަތުމުން އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ސަރުކާރާ ދެކޮޅަށް ބަޔަކު ކިތަންމެ ވާހަކަ ދެއްކިޔަސް ސަރުކާރުން މިހާރު ގެންނަ ތަރައްގީ ގުނޑުވާލެވޭނެ ބަޔަކު ނެތް ކަމަށެވެ. ތަރައްގީ ހުއްޓަން ކުރާ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް ވެސް ގޮވާލެއްވި އެވެ.

"ސަރުކާރުން ގެންނަ ތަރައްގީ ހުއްޓުވާލުމަށް އެކިއެކި ފަރާތްތަކުން ދައްކާ ވާހަކަތަކުގައި މިއަދު ރައްޔިތުން ބައިވެރިވާނެ ކަމެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީ ހޯދުމަށްޓަކައި ރައީސް ޔާމީނާއި މެޑަމް ފާތުންނާއި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަށް އެއްބާރުލުން ދެއްވާ، މިކަން އަޅުގަނޑުމެންނަށް ފެނިގެން ދާނީ ސަރުކާރުގެ އެޖެންޑާގައި ތިޔަބޭފުޅުން ހިއްޕަވާ މިންވަރަކުން،

މިނިސްޓަރު ވިދާޅުވީ، ގައުމަށް ތަރައްގީ އަންނަނީ ހަމަޖެހުން އޮވެގެން ކަމަށާއި އެހެންކަމުން ހަމަޖެހުން ނަގާލަން ވާހަކަ ދައްކާ ފަރާތްތަކުން ބަހަށް ސަމާލުކަން ނުދީ، ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިއްޕަވައިގެން ކުރިއަށް ދިޔުމަށް ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ. ރައީސް ޔާމީނަކީ ގައުމަށް ހަމެޖެހުން ގެނެސްދީފައިވާ އަދި ހަމަޖެހުން ދެމެހެއްޓުމުގެ ކުޅަދާނަކަން ހުންނެވި ރައީސްއެއް ކަމަށެވެ.