ހަބަރު

ކޮޅުވެއްޓިއަކާއި ބާޖެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކޮޅުވެއްޓިއަކާއި ބާޖެއް ޖެހި މިއަދު އެމްޕީއެލް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮޅުވެއްޓިއަކާއި ބާޖެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި މާބޮޑު ގެއްލުމެއްވެފައިނުވާ ކަމަށެވެ. މީހަކަށް ވެސް އުޅަނދަކަށް ވެސް އެކްސިޑެންޓްގައި ގެއްލުމެއްވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.