ވިޔަފާރި

ނޭޕާލް ޓޫރިޒަމް ބޯޑުން ސަޓާ އެވޯޑު އެންޑޯޒް ކޮށްފި

Apr 9, 2017

ދެކުނު އޭޝިޔާގެ ޓޫރިޒަމް ހާއްސަކޮގެން ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ނޭޕާލް ޓޫރިޒަމް ބޯޑުން އެންޑޯޒް ކޮށްފި އެވެ.

ސަޓާ އެވޯޑު އިންތިޒާމުކުރާ، ހައިރައިޒްއިން ބުނީ ނޭޕާލް ސަރުކާރުގެ ޓޫރިޒަމް ބޯޑުން ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ކަމަށެވެ.

ނޭޕާލް ޓޫރިޒަމް ބޯޑުގެ، ޗީފް އެގްޒެކެޓިވް އޮފިސަރު ދީޕަކް ރާޖު ޖޯޝީ ވިދާޅުވީ ސަޓާ އެވޯޑަކީ ނޭޕާލް ޓޫރިޒަމް ޕްރޮމޯޓް ކުރަން މުހިންމު ޕްލެޓްފޯމްއަކަށްވާނެ ކަމަށެވެ.

ސަޓާ އެވޯޑު އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ސަޓާ އެވޯޑު ބޭއްވީ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ. ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.