ފިނިޕޭޖް

ބޮޑުބެރާއެކު މިރޭގެ ޝޯ ސަގާފީ ވާނެ

ބެލެނިވެރިންނަށް ހާއްސަކޮށް އަސަރުގަދަ ލަވަތަކެއް ރޭގައި ހުށަހަޅައިދިނުމަށްފަހު މިރޭ މިއޮތީ އެ ލަވަތަކުގެ އަސަރު ޖަޖުންނާއި ބެލުންތެރިންނަށް ކުރި މިންވަރު ދެނެގަތުމެވެ. ރޭގައި ހުށަހަޅައިިދިން ލަވަތަކުގެ ހުރި އަސަރެއް މިރޭ އެނގޭނެ އެވެ.

މިރެއަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެ އެއްގެ ޓޮޕް ހައެއް އެނގިގެންދާނެ ރެ އެވެ. އެވްރެޖްކޮށް ހުރިހާ ބައިވެރިންގެ ލަވަތަކަށް ޖަޖުންގެ ފަރާތުން ރޭ ލިބުނީ ޕޮޒިޓިވް ކޮމެންޓްތަކެކެވެ. އެއަށް ޖަޖުންވެސް މާކްސް ދީފި އެވެ. ބެލުންތެރިންވެސް އެސްއެމްއެސް ވެސް ކޮށްފަ އެވެ. ދެން އޮތީ އެލިމިނޭޝަން އެވެ. މިރޭ މުބާރާތާއި ވަކިވެގެން ދެ ބައިވެރިޔަކު ދާނެ އެވެ.

މިރޭ ބައިވެރިން ހުށަހަޅައިދޭނީ ބޮޑު ބެރު ލަވަ އެވެ. ބޮޑުބެރާއި ގުޅުވާލާފައި ހުރިހާ ބައިވެރިންނާ ޖަޖުން އަދި ޝޯ ހުށަހަޅައިދޭ މޫސާ ވަސީމް އަދި ލަމްހާ ލަތީފްގެ ހެދުން އެޅުން ވެސް މިރޭ ހުރީ ސަގާފީ އަދި ދިވެހިކޮށެވެ.

މިރޭ ވެސް ގްރޫޕް ލަވައަކަށްފަހު ދެ ބައިވެރިން އެކުގައި ވަކިވަކި ލަވަތައް ހުށަހަޅައިދޭނެ އެވެ.

ގަދަ އަށެއް

  • މުހައްމަދު ތަސްނީން (ބޮބް)
  • އިބްރާހިމް ވަހީދު (ބޮޑުބެ)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • ހަމޫދު އަހުމަދު
  • އަހްމަދު ފަރަޝް
  • އައިޝަތު ޖައިޝާ
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި އިތުރު ހާއްސަ ކަމެއްވެސް އެބައޮތެވެ. އެއީ މިރޭގެ ޝޯގައި ބައިވެރިވާ ގެސްޓު ޖަޖެވެ. ހަމަ ގައިމުވެސް އެއީ ބޮޑުބެރުގައި އެފަދަ ދެވަނަ އެއް ނުވާ ފަރާތެކެވެ. އެއީ ކޮން ފަރާތެއްތޯ ބަލަން ކުޑަ އިންތިޒާރެއް ކޮށްލައްވާށެވެ.