ކުޅިވަރު

ދިވެހި ހިޔާލާއި ތަޖުރިބާއިން ފުޓްބޯޅަ ކުރި އެރުވޭނެ: ވަންލީ

Apr 9, 2017
1

ދިވެހިންގެ އަމިއްލަ ހިޔާލާއި ތަޖުރިބާއިން، ފުޓްބޯޅައިގައި ދިވެހިންނަށް ކުރިއަށް ދެވޭނެ ކަމަށް، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ޖޭން ވަންލީ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ދެ އަހަރަށް، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާގެ މަގާމާ ހަވާލުވުމަށް، އެގްރިމެންޓްގައި ރަސްމީކޮށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަމުން، ވަންލީ ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ، ފުޓްބޯޅައިގެ އެޑިއުކޭޝަން ފެތުރުން ކަމަށާއި ގްރާސް ރޫޓް ޕްރޮގްރާމާއި ކޯޗުން ބިނާ ކުރުމުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ އެ ފުޓްބޯޅަ އެޑިއުކޭޝަން ޕްރޮގްރާމުގެ ތެރެއިން ނެވެ.

"އަހރެން ބޭނުން ވަރަށް ގިނަ ކަންކަން ބަދަލު ކުރަން، ފުޓޤބޯޅައިގެ މިހާރު ހުރި ވިސްނުން ބަދަލުކޮށް ފުޓްބޯޅަ އޭޑިއުކޭޝަން ފުޅޭ ކުރަން، އެންމެ މުހިންމު ކަންކަން އަންނަނީވެސް މިކަމުގެ ތެރެއިން އެފްއޭއެމްގެ ރައީސް ވަނީ އަހަންނަށް ފެހި ސިގުނަލް ދީފައި މިހާރު ފުޓްބޯޅައިގެ މަސައްކަތް ކުރާ ކޯޗުންނަށްވެސް ތާޒާ ކުރާ ކޯސް ހިންގުމުގެ ފުރުސަތު ދޭނެ ކަމަށް، ކުރިއަށް އޮތް ތިން ހަފުތާ ތެރޭ ކޯޗުން ތާޒާ ކުރާ ކޯސް ވެސް ފެށިގެން ދާނެ،"

"އަހަރެން ދައްކަން ބޭނުން ދިވެހިންނަށް ވެސް މިކަން ކުރެވޭނެ ކަމަށް، ބޭރުން އެހީ ހޯދަން އަހަރެމެންނަކަށް މަޑު ކުރާކަށް ނުޖެހޭ، އަހަރެން ގަބޫލު ކުރާ ގޮތުގައި ދިވެހިންނަށް ވެސް ވަރަށް ފުރިހަމަ ކޮށް ފުޓްބޯޅައިގައި މިކަން ކުރެވޭނެ، ދިވެހިންނަށް ވެސް މިކަން ސާބިތު ކޮށް ދެވޭނެ،" ވަންލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގްރާސް ރޫޓް ކޯޗިންގައި މަސައްކަތް ކުރާ ކޯޗުންނަށް ވެސް އޭނާގެ ވިސްނުން ފޯރުކޮށްދޭނެ ކަމަށާއި އޭރުން އެ ކޯޗުންގެ ދަށުން އުފެދެމުން އަންނަ ކުޅުންތެރިންނަށްވެސް އެ ވިސްނުމާއެކު ހުނަރު އިތުރު ވެގެންދާނެ ކަމަށެވެ.

މީގެ ތިން އަހަރެން ކުރިން ރާއްޖޭގެ ވީބީ ސްޕޯޓްސް ކުލަބަށް ކޯޗް ކޯށްދީ ކާމިޔާބު ވެސް ހޯދައިދީފައިވާ ވަންލީ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ސްޓައިލް އާއި އޮތް ހަލަތު އޭނާއަށް އެނގިފައި ވުމަކީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނަގައިގެން ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ރާއްޖޭގައި މަސަކަތް ކޮށްފައި ދިޔައިރު، އޮތް ހާލަތާއި މިހާރު އޮތް ހަލަތު ތަފާތު ކަމަށާއި މިހާރު ކުޅުމުގެ ސްޓާއިލްގައި ގިނަ ކަންތައްތަކެއް ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މިތާންގަ މިހުރީ މިހާރު އޮތް ހާލަތު މިއަށްވުރެވެސް ރަނގަޅު ކުރުމަށްޓަކައި، ފުރަތަމަ ޑިވިޝަންގެ ކޯޗުންނާ އަހަރެން ވާހަކަ ދައްކައިފިން، އަދި އަހަރެން މިހާރު ފޯކަސް ކުރާނީ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކޯޗުންނާ، އެމީހުންގެ މަސައްކަތް ކުރާ ކުރާ ގޮތް ބަލައި ކުލަބު ތަކަށްވެސް އަހަރެންގެ މި ވިސްނުން ފޯރު ކޮށްދޭން ލިބުމަކީ އަހަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ވަންލީ ވިދާޅުވި އެވެ.

ދެހާސް ދެ ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ތުރުކީ ހޯދިއރު، އޭނާ ވަނީ އެ ޓީމުގެ ޓެކްނިކަލް ސައިޑުން މަސައްކަތް ކޮށްފަ އެވެ. އޭނާ ބުނީ، އެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ ބޭނުން ހިފޭނެ ކަމަށެވެ.