ދުނިޔެ

އެމެރިކާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ ކުޑަކުއްޖަކާއި ދެމީހުން މަރާލައިފި

Apr 11, 2017

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ބާނާޑިނޯ ނަމަކަށް ކިޔާ ރަށުގެ އެލެމެންޓްރީ ސްކޫލެއްގެ ތެރޭގައި މީހަކު ބަޑިން ދިން ހަމަލާއެއްގައި އުމުރުން އެންމެ އަށް އަހަރުގެ ކުޑަކުއްޖަކާއި ބޮޑު ދެމީހުން މަރާލައިފިއެވެ.

ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ ސެންބާނާޑިނޯގެ ނޯތު ޕާކް އެލެމެންޓްރީ ސްކޫލުގައި އިއްޔެ ހެނދުނު ހިނގި ހާދިސާގައި ސެޑްރިކް އެންޑާސަން ނަމަކަށް ކިޔާ އުމުރުން 53 އަހަރުގެ މީހަކު ދިން އެހަމަލާގައި މަރުވީ އޭނާގެ އަންހެނުން ކެރެން އެލައިން ސްމިތާއި ސްކޫލްގެ ޓީޗަރަކާއި ޓީޗަރުގެ ގާތުގައި އެވަގުތު ހުރި ކުށްޖެއް ކަމަށެވެ. އަދި ބުނީ އެހަމަލާގައި އިތުރު އިތުރު ދެކުދިން ޒަހަމްވި ކަމަށެވެ.

ސެންބާނާޑިނޯގެ ފުލުހުންގެ ވެރިޔާ ޖެރޮޑް ބާގުއާން ވިދާޅުވެފައި ވަނީ ހަމަލާ ދިން މީހާ ސްކޫލްގެ ތެރެއަށް ވަދެފައި ވަނީ ޒިޔާރަތްކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށާއި ހަމަލާ ދިނުމާ ހިސާބަށް އޭނާ ގެންގުޅުނު ހަތިޔާރު އޮތީ ފޮރުވާފައި ކަމަށެވެ. ހަމަލާއަށް ފަހު އަމިއްލައަށް މަރުވާން އެންޑާސަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވަނީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ ބަޑިން ހަމަލާ ދީފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ 15 ކުއްޖަކަށް ކިޔަވައިދޭ ކްލާސްރޫމެއްގައެވެ.

ސޯޝަލް މީޑިއާ ޓްވިޓާގައި ބާގުއާން ފަހުން އިއުލާން ކުރައްވާފައި ވަނީ ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ނުރައްކަލެއް ނެތް ކަމަށެވެ.

ހަމަލާއާ ގުޅިގެން ސްކޫލް ހުސްކޮށް، އެތަނުގައި އެވަގުތު ތިބި 600 ދަރިވަރުން ވަނީ އެތާ ކައިރީގައި ހުރި ކެޖޮން ހައިސްކޫލް ނަމަކަށް ކިޔާ ސްކޫލަކަށް ގެންގޮސްފައެވެ. އަދި އެއަށް ފަހު އެކުދިން ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައެވެ.