ބޭރު ކުޅިވަރު

އެތުލެޓިކޯ މޮޅުވިޔަސް، ތަފާތު ބޮޑުނުކުރެވުމުން ސިމިއޯނީ ހިތްހަަމަނުޖެހިފައި

Apr 13, 2017

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަަތަމަ ލެގުގައި ރޭ ލެސްޓާ ސިޓީ އަތުން 1-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި ނަމަވެސް، މެޗުގައި އެތުލެޓިކޯ އަށް ތަފާތު ބޮޑުނުކުރެވުުމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ހިތްހަމަނުޖެހިއްޖެ އެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު، އެތުލެޓިކޯގެ ފޯވަޑް އެންޓުއާން ގްރީޒްމަން ކާމިޔާބުކުރީ މެޗުގެ 28 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދިނީ ގްރީޒްމަނަށްް، ލެސްޓާ ސިިޓީގެ ޑިފެންޑަރު މާކް އޯލްބްރައިޓަން ކުރި ފައުލަކާ ގުޅިގެނެވެ. އެކަމަކު ޓީވީ ރީޕްލޭތަކުން ފެންނަ ގޮތުގައި އޯލްބްރައިޓަން ފައުލްކުރީ ޕެނަލްޓީ އޭރިޔާ ބޭރުންނެވެ.

މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން އެތުލެޓިކޯ ކުޅުނު ނަމަވެސް، އެ ޓީމަށް މާ ގިނަ ނުރައްކާތެރި ހަމަލާއެއ ނުއުފެއްދެ އެވެ. ޑިފެންސަށް އިސްކަންދީގެން ކުޅުނު ލެސްޓާގެ ދަނޑުގައި ދެވަނަ ލެގު ކުޅޭއިރު، ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ލެސްޓާ ހިތްހަަޖެހޭނެ ކަމަށް ބެލެވެ އެވެ.

މެޗަށް ފަހު މީޑިއާތަކާ ވާހަކަދައްކަމުން ސިމިއޯނީ ބުނީ މެޗުގައި އެތުލެޓިކޯ އިން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އެކަމަކު އެތުލެޓިކޯ އަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރަމެން ބޭނުންވީ މިއަށްވުރެ ތަފާތު ބޮޑު ނަތީޖާއެއް. ލެސްޓާގެ ފަރާތުން ފެނުނީ އަހަރެމެން ހީކުރި ކަހަަލަ ކުޅުމެއް،" ސިިމިއޯނީ ބުންޏެެވެ. "މި މެޗުގައި އެތުލެޓިކޯ އިން ދެއްކި ކުޅުން ރަނގަޅު. އެކަަމަކު އަހަރަމެން އެބަޖެހޭ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ބުނީ ލެސްޓާގެ ފަރާތުން ރޭގެ މެޗުގައިި ޑިފެންސިވް ކުޅުމެއް ފެނުނު ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅޭއިރު އެ ޓީމުގެ ކުޅުން ތަފާތުވާނެ ކަމަށެވެ.