ވިޔަފާރި

ޑަބްލިއު މޯލްޑިވްސްއަށް އާ ޖީއެމްއެެއް

Apr 15, 2017
1

ރާއްޖޭގެ ޑަބްލިއު މޯލްޑިވްސް ރިސޯޓަށް އާ ޖެނެރަލް މެނޭޖަރެއް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ހޮޓެލިއާ މިޑިލް އީސްޓް" ގައިވާ ގޮތުން ކުރިން ފޯސީޒަން ރިސޯޓުގައި ވެސް މަސައްކަތް ކުރައްވާފައިވާ ތޯމަސް ވޮކިއުލާ ރާއްޖޭގެ ޑަބްލިއު މޯލްޑިވްސްގެ ޖީއެމްގެ މަގާމަށް ހަމަޖެސްދީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ސިންގަޕޫރުން މަތީ ތައުލީމް ހާސިލް ކުރެއްވި ތޯމަސްއަކީ ޓޫރިޒަމް ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މިގޮތުން ޖަޕާނުގެ ޕާކް ހަޔަޓް ރިސޯޓުގެ އިތުރުން ފިލިޕީންސް އާއި ސިންގަޕޫރު ހޮންކޮންގް އަދި ފްރާންސުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ރާއްޖޭގެ ޑަބްލިއު މޯލްޑިވްސްއަކީ ފަސް ތަރީގެ ރިސޯޓެވެ. ހަތްދިހަ ހަތް ލަގްޒަރީ ޕްރައިވެޓް ވިލާ ހިމެނޭ މި ރިސޯޓަކީ ދުނިޔެ އަށް ވަރަށް މަޝްހޫރު ތަނެކެވެ.