ފިނިޕޭޖް

ޓްރެއިލާގައި ވަރަށް މަޖާ ނަގާ، އެކަމަކު އައްފާނެއް ނުފެނޭ

ރޭގެ ޝޯގައި ޖަޖު އިސްމާއީލް އައްފާން ރުޅިގަދަވެ ޝޯ ދޫކޮށްލާފައި ދިއުމުން އެންމެ ބޮޑު ސުވާލެއް އުފެދުނީ މިރޭގެ ޝޯގައި އައްފާން ފެންނާނެތޯ ކުރާ ސުވާލެވެ؟ އެ ސުވާލަށް ވަކި ޖަވާބެއް ނުލިބި ހުއްޓާ މިވަނީ މރޭގެ ޝޯގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. ޓްރެއިލާއިން އައްފާނެއް ނުފެނެ އެވެ.

އެހެން ހުރިހާ ޖަޖުން ފެންނަ އިރު އައްފާން ނުފެންނަނީ ހަގީގަތުގައިވެސް އައްފާން ބައިވެރި ނުވާތީ ހެއްޔެވެ؟ ޝޯ ފެށެން ދެން އޮތީ ކުޑަ ވަގުތުކޮޅެކެވެ. އައްފާން ފެނޭތޯ އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ގަދަ ހައެއްގެ އެލިމިނޭޝަން ޝޯ މިރޭ އޮންނަ އިރު މިރޭގެ ތީމަކީ "ފަންކް ސްޓައިލް" އެވެ. ޓްރެއިލާ ވަރަށް ފޯރި ގަދަ އެވެ. ރޭގެ ލަވަތައް އެންމެ ފުރިހަމަކޮށް ނުގެނެސްދެވުމުން ނިކަން ގަދަ ޕްރެކްޓިސް އަކަށް ފަހު ލަވަތައް ހުށަހަޅައިދީފައިވާ ކަމަށް ބެލެވެ އެވެ. ޖަޖު މަރިޔަމް އުނޫޝާ އަދި އިބްރާހިމް އަލީ (ކުޑަ އިއްބެ) ގެ މޫނުމަތިން ފެނިގެންދަނީ ހިންހަމަޖެހުމާއި އުފާވެރި ކަމެވެ.

ރޭގެ ހުށަހެޅުންތަކަށް އޯވަރޯލްކޮށް ޖަޖުންގެ ފަރާތުން ލިބުނީ ނެގަޓިވް ކޮމެންޓްތަކެވެ. ޕޮޒިޓިވް ކޮމެންޓުތައްވެސް ފެނިގެން ދިޔަ އެވެ. ހާއްސަކޮށް އުނޫޝާ ވަނީ ބައިވެރިންގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދީފަ އެވެ.

ގަދަ ހައެއް

  • ޝަމްވީލް މުހައްމަދު
  • އިބްރާހިމް ވަހީދު (ބޮޑުބެ)
  • އަބްދުﷲ ހިޝާން
  • ހަމޫދު އަހުމަދު
  • މުހައްމަދު ތަސްނީމް (ބޮބް)
  • އަހުމަދު ނަބީލް

މިރޭގެ ޝޯ އިންވެސް ސަޕްރައިޒްތަކެއް ފެނިގެންދާނެ އެވެ. ޝޯއަށް އިންތިޒާރުކޮށްލާށެވެ.