ހަބަރު

އެލައިޑް މޮބައިލް އެޕް ޑައުންލޯޑް ކޮށްގެން ޗުއްޓީ ދަތުރެއް!

Apr 16, 2017
1

އެލައިޑްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން، ވ. ކެޔޮދޫގެ ޖުޕިޓާ ސަން ރައިސް ލޮޖްގައި ދެ މީގަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ލިބިދާނެ އެވެ. އެފަދަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.

"އެލައިޑް މޮބައިލް އެޕް ޕްރޮމޯ" ގެ ނަމުގައި މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވެވެނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން އެލައިޑުގެ މޮބައިލް އެޕް ޑައުންލޯޑް ކޮށްގެން ހޯމް ސްކްރީނުން ފެންނަ ޓޮފް ބެނާ އަށް ފިތާލުމުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ބައި އަންނާނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ އެލައިޑުގެ އެޕް މިހާރުވެސް ގެންގުޅޭ މީހުން ޖެހޭނީ އެންމެ ފަހުގެ ވާޝަން ޑައުންލޯޑް ކޮށްލާށެވެ.

ދެ ހަފުތާއަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކެޔޮދޫ ސަން ރައިސް ގެސްޓްހައުސެއްގައި ތިން ދުވަހާއި ދެ ރޭ ހުރުން ލިބޭނެ އެވެ. ކެޔޮދޫ އަށް ދިއުމުގެ ދެކޮޅު ޓިކެޓުގެ އިތުރުން މަސް ދަތުރެއްވެސް ލިބޭނެ އެވެ،. އަދި މި އެޕްގެ އިޝްތިހާރުގައި ދައްކާ އަޑިއަށް ގޮސްފައިވާ ބޯޓު އޮންނަ ތަނަށް ގޮސް ސްނޯކްލް ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ސަރަހައްދަކީ ޓޫރިސްޓުންގެ މެދުގައި ފީނަން މަޝްހޫރު ސަރަހައްދެކެވެ.

އެލައިޑް މޮބައިލް އެޕަކީ ވެހިކަލް ސްޓިކާ ހޯދުމާއި ނަގާ އިންޝުއަރެންސް ވެރިފައި ކުރުންފަދަ ގިނަ ހިދުމަތްތައް ލިބޭ އެޕްލިކޭޝަން އެކެވެ.