އެލައިޑް އިންޝުއަރެންސް

އެލައިޑް ތާޑްޕާޓީ މޮޓޯ ޕްލޭންގެ އަގު ހެޔޮ ވެއްޖެ، ވަރަށް މުހިންމު

May 5, 2021

"މޮޓޯ ތާޑް ޕާޓީ" އަކީ ކޮބައި ހެއްޔެވެ؟ ފުރަތަމަ ސުވާލަކީމި އެވެ. މި ޕްލޭން ހާއްސަ ވަނީ އެކްސިޑެންޓުގައި އިހުމާލުވި ފަރާތުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ލިބިދޭ ކަވަރޭޖެއްގެ ގޮތުގަ އެވެ.

މިއީ މި ޕްލޭން ނަގަން ޖެހޭ މައިގަނޑު ސަބަބެވެ. ކަމެއްވާނީ ބުނެފައެއް ނޫނެވެ. ކަމެއް ވުމުގެ ކުރިން ރައްކާވެ ތިބުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެކަމަކު މިހާތަނަށް މި ޕްލޭން ނެގުމުގައި އޮންނަ ދައްޗަކީ އަގު ބޮޑުވުން ކަމަށް ވެދާނެ އެވެ. އެހެންވެ، އެއަށް އެލައިޑް އިންޝުއަރެންސުން ވަނީ ލުއި ގެނެސްދީފަ އެވެ. މި ޕްލޭން އަގު ހެޔޮކޮށް، މެސެޖެއްގެ ގޮތުގަ އެވެ.

އެލައިޑާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ އިން ފޯރުކޮށްދޭ މޮޓޯ ތާޑް ޕާޓީގެ އަގު ވަނީ މިހާރު ކުރިޔަށް ގެންދާ "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ބޮޑު ތަނުން ހެޔޮކޮށްފަ އެވެ. އަގަށް ގެނައި ހެޔޮ ބަދަލާއެކު މި ޕްލޭން އެ ކުންފުނިން ނަގާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެލައިޑް- ތާޑް ޕާޓީ ޕްލޭންގެ އަގުތައް

  • ސައިކަލް 55 ސީސީ އިން މަތި: ކުރީގެ އަގު، 150ރ. މިހާރު 125ރ.
  • ސައިކަލް 50- 250 ސީސީ: ކުރީގެ އަގު، 175ރ. މިހާރު 140ރ.
  • ސައިކަލް 250 ސީސީއިން މަތި: ކުރިން 250ރ. މިހާރު 190ރ.
  • ކާރު، ވޭން އަދި ޖީޕް: ކުރިން 750ރ. މިހާރު 475ރ.
  • މުދާ އުފުލާ ލޮރީ: ކުރިން 1،000ރ. މިހާރު 800ރ.
  • މެޝިނަރީ (ފޯކްލިފްޓް ކްރޭން ފަދަ އުޅަނދު) ކުރިން 2،000ރ. މިހާރު 1400ރ.

ކޮންމެ އުޅަނދަކަށް ވެސް ނެގުން، ސަރުކާރުން ލާޒިމް ކޮށްފައި މި ޕްލޭނުން މުޅި މުޖްތަމައަށް އޭގެ ފައިދާ ކުރެ އެވެ. މިސާލަކަށް، އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު މި ޕޮލިސީ ނަގާފައި ވާނަމަ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ލިބޭ ގެއްލުމަށް ބަދަލު ކަށަވަރު ވެގެންދެ އެވެ.

މި ޕްރޮމޯޝަން އެލައިޑުން ކުރިއަށް ގެންދާ ސަބަބަކީ ވެސް މި އެވެ. އެ ކުންފުނިން މުޖުތަމައަށް މި ދެނީ މެސެޖެކެވެ. މި ޕްލޭންގެ އަަގު ހެޔޮ ކުރުމަކީ ރައްކާތެރިކަމަށް ލިބިދޭނެ އިތުރު ޔަގީން ކަމެކެވެ.

ޕްލޭން ނަގަން މިއަދުގެ އާންމު ހާލަތާއި އެންމެ އެކަށީގެންވާ އޮންލައިން ގޮތްތައް އިހްތިޔާރު ކުރާށެެވެ. އެލައިޑް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނޫނީ އޮންލައިން ޕޯޓަލް www.myallied.mv މެދުވެރިކޮށްވެސް މިކަން ކޮށްލެވޭނެ އެވެ.