ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން އެޗްއާރްސީއެމްއާ ހިއްސާކޮށްފި

Apr 16, 2017

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އާ ފުލުހުން ހިއްސާކޮށްފި އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުންވަމުން އަންނަ ތައްޔާރީތައް އެޗްއާރްސީއެމްއާ ހިއްސާ ކުރީ އެ ކޮމިޝަންގެ މެންބަރުންނާއި މުއައްޒިފުންނާއެކު ރޭ އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެގޮތުން އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތާއި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ވެސް އެޗްއާރުސީއެމާއި ހިއްސާކުރި އެވެ.

އެކި ސަބަބުތަކާ ހެދި އިލެކްޝަން ކޮމިޝަނުން ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާ ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހު ހަވަނަ ދުވަހުގަ އެވެ.