ހަބަރު

"ޕީޕީއެމް މަޖިލިސް މެންބަރުން 54 އަށް އިތުރުވެއްޖެ"

Apr 17, 2017
3

ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެންބަރުންގެ އަދަދު 54 އަށް މިހާރު އަރާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ މަހުގެ 27 ގައި ނެގި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ކާމިޔާބު ކުރީ 48 ވޯޓް އިން ކަމަށެވެ. އެހެން ނަމަވެސް މިހާރު ޕީޕީއެމްގެ ކޯލިޝަންގެ މަޖިލިސް މެންބަރުންގެ އަދަދު 54 އަށް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހަ މެންބަރުން އިތުރު އަދަދެކެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފުލުފުލުގައި އިދިކޮޅު މެންބަރުން ވައްދަން ފެށުމުން ސަރުކާރު ކޯލިޝަނުން ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 42 މެންބަރުންގެ ސޮޔާ އެކުގައި ކަމަށް ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފަ އެވެ. އެއާ އެކު އިދިިކޮޅު މެންބަރުން ބުނަމުން ދަނީ 42 މެންބަރުންގެ ވޯޓް މިހާރު ހަމަ ކުރެއްވިއްޖެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ހަގީގަތެއް ނޭނގެ އެވެ.