ކުޅިވަރު

ސޮލިޑަރިޓީ ގޭމްސްގެ ޗެފްޑެމިޝަންއަކަށް ސައީދު

Apr 19, 2017
4

އަޒަރުބައިޖާންގައި އަންނަ މަހު ބާއްވާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ވާދަ ކުރާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑެމިޝަންއަކަށް ކެރަމް އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ މުހައްމަދު ސައީދު ހަމަޖައްސައިފި އެވެ.

ދިވެހި ބޭންކުގެ އިސް މަގާމެއް ވެސް އަދާ ކުރައްވާ ސައީދަކީ، އިންޓަނޭޝަނަލް ކެރަމް ފެޑްރޭޝަންގެ ޖެނެރަލް ސެކެޓްރީ ވެސް މެއެވެ.

އެ ގޭމްސްގެ ޑެޕިޔުޓީ ޗެފް ޑެމިޝަން އަކީ ހޭންޑްބޯލް މޯލްޑިވްސްގެ އެގްޒެކެޓިވް މެންބަރު މުއުމިނާ އާދަމް އެވެ.

މީގެ އިތުރުން ގޭމްސްގެ މެޑިކަލްއަކަށް ހަމަޖައްސާފައި ވަނީ، މުހައްމަދު ފަޔާޒު އެވެ. ގޭމްސްގައި ރާއްޖެއިން ވާދަ ކުރާނީ އެތުލެޓިކްސް އާއި ޓޭބަލް ޓެނިސްގެ، ސްވިމުންގެ އިތުރުން ޝޫޓިންގަ އެވެ. ގޭމްސް އޮންނާނީ، އަންނަ މަހުގެ އަށަކުން 22 ށެވެ.