ހަބަރު

ބިހުރޯޒް މިސްކިތު ގޯތިތެރޭ ނަމާދުކުރުން މަނާކޮށްފި

ތާރީހީ މިސްކިތެއް ކަމަށްވާ ބިހުރޯޒް މިސްކިތު ގޯތިތެރޭގައި ނަމާދުކުރުން އިސްލާމިކް މިނިސްޓްރީން އިއްޔެ މަނާކޮށްފި އެވެ.

ރަށްދެބައިމަގާއި ނީލޯފަރުމަގާ ގުޅުނު އިރުދެކުނު ކަންމަތީގައި ހުންނަ އެ މިސްކިތު ގޯތިރެއަކީ ގިނަ ބަޔަކު ނަމާދުކުރުމަށް ބޭނުންކުރާ ތަނެކެވެ. މިސްކިތަކީ ކުޑަ މިސްކިތެއް ކަމުން ޖާގަ ފުރުމުން ދެން ސަފު ހަދަނީ ގޯތިތެރޭގަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓާ މުހައްމަދު އަހުސަން ވިދާޅުވީ، ބިހުރޯޒް މިސްކިތުގެ ގޯތި ތެރޭގައި ނަމާދުކުރުން މަނާކުރީ އެ ގޯތިތެރެއިން ގަބުރު ފެނިފައިވާތީ ކަމަށެވެ.

ގޯތިތެރޭގައި ނަމާދުކުރުން މަނާކުރި ނަމަވެސް އެ މިސްކިތް ތެރޭގައި ނަމާދުކުރެވޭނެ ކަމަށް އަހުސަން ވިދާޅުވި އެވެ.

މި ކުޑަކުޑަ މިސްކިތުގެ ގޯތިތެރޭގައި މުހައްމަދު ބޮޑުތަކުރުފާނާއި ހަސަން ރަންނަބަނޑޭރި ކިލެގެފާނާގެ މަހާނަފުޅު ހުންނަ ޒިޔާރާތެއް ހުރެ އެވެ.