ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެއްވެސް މަސައްކަތެއް އެޖެންޑާ ކޮށްފައި ނެތުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
މިއަދަކީ އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަހެއް ނަމަވެސް މިއަދު އެޖެންޑާގައި ކަމެއް ނެތުމުން ޖަލްސާ ނުބާއްވާ ގޮތަށް ނިންމާފައިވާއިރު މަޖިލީހުގެ މި ދައުރަށް ވެސް ވަރަށް ގިނަ ބިލްތަކެއް ވަނީ ހުށަހަޅާފަ އެވެ.
މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބާއްވާފައިވާއިރު އެ ޖަލްސާގައި ވަނީ ޖަލުތަލާ ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފަ އެވެ. އަދި ދައުލަތުގެ މިޑިއާ ހިންގާ އެމްބީސީ އުވާލައި އާ ކުންފުންޏެއް އުފައްދަން ވެސް ވަނީ ހުށަހަޅާފަ އެވެ.
ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާއިއެކު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމަގާމު ގެއްލޭނެ އެވެ.