ހަބަރު

ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ މަގާމަށް ކުރީގެ ކާށިދޫ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހަމަޖައްސާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ރައީސް ނަޝީދާއެކު މިހާރު ލަންކާގައި ހުންނެވި ޖާބިރު އެ މަގާމަށް ހަމަޖައްސާފައިވާކަން ހާމަކުރައްވައި ރޭ ރާއްޖެ ޓީވީއަށް ޖާބިރު ވިދާޅުވެފައިވަނީ، އެޑްވައިޒަރުގެ މަގާމު އަދާކުރާނީ ސިޔާސީ ކަންކަން ތަރުތީބުކުރުމަށް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖާބިރު އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށް ޖާބިރު ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ޖާބިރަކީ މީގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑު ސަޕޯޓްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ޓެކްސް ނުދައްކައިގެން ޖާބިރުގެ ކުންފުނީގެ އެކައުންޓް ފްރީޒްކުރި ހިސާބުން އޭނާ ގެންދަވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.