ޕީޕީއެމް

ފާރިސްގެ މައްސަލަ ޕީޕީއެމްގެ ޣައިރު ހާޒިރުގައި ބަލަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެ ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި މައްސަލާގައި ސިވިލް ކޯޓަށް އޭނާ ހުށަހެޅި މައްސަލަ ޕީޕީއެމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ ކުރިން ވެސް މި މައްސަލާގެ ގިނަ އަޑު އެހުންތަކެއް ތާވަލުކުރި ނަމަވެސް ޕީޕީއެމްއިން ހާޒިރުވެފައެއް ނުވެ އެވެ. މިއަދު މައްސަލާގައި ބޭއްވި އަޑުއެހުމަށް ވެސް ޕީޕީއެމް ހާޒިރެއް ނުވެ އެވެ. އެހެންކަމުން މިއަދު ވަނީ ޕީޕީއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ނިންމާފައި ކަމަށް ފާރިސްގެ ވަކީލް ވިދާޅުވި އެވެ.

މައްސަލާގައި ބުނެފައިވަނީ، ސުލޫކީ ކޮމެޓީއަކީ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާ ކޮމެޓީއެއް ކަމަށެވެ. އެގޮތުން ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ވަކި އުސޫލެއް ކަނޑައަޅާފައިވާއިރު، ދެ މެންބަރުންގެ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައިވަނީ އުސޫލުތަކާއި ހިލާފަށް އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށެވެ.

އަދި، އެ މައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ނުދީ، މައްސަލަ ހުށަހެޅުނުކަން ވެސް ނަންގާ މައްސަލަ ބަަލައި ނިންމާފައިވާ ކަމަށް ވެސް މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން އެއީ ބާތިލް ނިންމުމެއް ކަމަށް ކަނަޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ، މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ހެކިންގެ ލިސްޓް ހުށަހަޅާފައިވާނެ ކަމަށެވެ. ޕީޕީއެމްއިން ފާރިސް ވަކިކުރީ ތްރީ ލައިން ވިޕާ ދެކޮޅަށް ވޯޓު ދެއްވި މައްސަލާގައި ކަމަށެވެ.