އެމްއެންޑީއެފް

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ މާލޭގައި ބާއްވަނީ

ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު މާލޭގައި ޝަރަފުގެ ހިނގާލުމެއް ބާއްވަން އެމްއެންޑީއެފް އިން ނިންމަވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެ ހިނގާލުން ފަށާނީ މާދަމާ ހަވީރު 4:15 ގައި ކަޅުތުއްކަލާ ކޮށިން ކަމަށާއި ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން އަމީނީމަގުން ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ގޮސް، ކަޅުތުއްކަލާކޮއްޓަށް ކަމަށެވެ.

މި ހިނގާލުމުގައި މަޑުކުރަން ހަމަޖެހިފައިވާ ތަންތަނަކީ ސިއްތިމާވާ ހިނގުމުގެ އަމީނީމަގާއި ގުޅޭ ހަތަރުއަނގޮޅި ކަންމަތީގަ އާއި ބޮޑުތަކުރުފާނު މަގުން ދަރުބާރުގޭ ކުރިމައްޗަށް އަދި މޭރީބްރައުން ކުރިމަތީގަ އެވެ. މި ހިނގާލުމުގައި ސިފައިންގެ ބޭންޑުގައި ރާގުތައް ހިމެނޭ ޑިސްޕްލޭއެއް ދައްކާލުން އޮންނާނެ އެވެ.