ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

އަންނަ މަހު ހައެެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ މިއަދު އާންމުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުގެ އިދާރާއިން ބުނީ ވޯޓާސް ފައިނަލް ލިސްޓް އެ ކޮމިޝަނުގެ ވެބް ސައިޓް (www.elections.gov.mv) އިން އާންމުނަށް ފެނާނެ ކަމަށެވެ. އަދި (VR Space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ވެސް ލިސްޓް ޗެކް ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1497 ކެންޑިޑޭޓުން ވާދަ ކޮށްފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 255987 މީހުންނަށް ލިބިފައިވާ ކަމަށާއި އަދި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބަހައްޓަ އެވެ.