ލައިފްސްޓައިލް

އެކި ގައުމުތަކުގައި ގިރާ ހާއްސަ ކޮފީ

ކޮފީއަކީ ދުނިޔޭގެ އެންމެންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އެންމެން ވެސް ބެސްޓެވެ. އެކަމަކުވެސް އެކި ގައުމުތަކުގައި ކޮފީ މަޝްހޫރުވަނީ އެކި ރަހަތަކުގަ އެވެ. ކޮންމެ ގައުމެއްގައި ވެސް އެގައުމެއްގެ އަމިއްލަ އުފެއްދުމެއް އޮވެ އެވެ. އެގޮތުން އެކި ގައުމުތަކުގައި ކޮފީ ތައްޔާރު ކުރާ ގޮތްތައް ވެސް ވަރަށް ތަފާތެވެ. ބަލާލަމާ ހިނގާށެވެ.

ޕޯޗުގީޒް މީހުން ލުބޯ ހުތް އަޅައިގެން ކޮފީ ބޯކަން އިނގޭ ހެއްޔެވެ؟ އެމީހުން ކިރުގެ ބަދަލުގައި ކޮފީއަށް ލުނބޯ އަޅައިގެން ބޮއެ އުޅެ އެވެ. އެ ގައުމުގެ މީހުން އެ ކޮފީ އަށް ކިޔަނީ "ޕޯޗުގަލް މަޒަގްރާން" އެވެ. އެހަމަ ވަރަށް މީރެވެ. އެއީ ޔޫރަޕްގައި ހިނގާ ކޮފީއެކެވެ.

ޖަރުމަނުގައި ވެސް ތަފާތު ގޮތްގޮތަށް ކޮފީ ތައްޔާރު ކޮށް އުޅެ އެވެ. އެ ގައުމުގެ މީހުން އެއްވައްތަރެއްގެ ކޮފީ ތައްޔާރު ކުރާއިރު ކިރުގެ ބަދަލުގައި އަޅަނީ ވެނީލާ އައިސް ކްރީމެވެ. އަދި މައްޗަށް ވިޕްޑް ކްރީމް އަޅައި، ޗޮކްލެޓް ފައުޑަ އިން ގާނިޝް ކޮށްލަ އެވެ. މިއީ، ޖަރުމަނު މީހުންގެ އައިސް ކޮފީއޭ ވެސް ކިޔަ އެވެ.

ވިއެޓްނާމްގައި ކޮފީ ތައްޔާރުކޮށް އުޅެނީ އަދި މުޅިން ތަފާތު ގޮތަކަށެވެ. މޭޒުމަތީ ދެ ސަމްސާ ގެރި ކިރާއި، އެއް ސައި ސަމުސާ ކޮފީ އަޅާފައި އަޅަނީ 1/3 ޖޯޑު ފެނެވެ. އަދި ގިރާލާފައި ކޮފީ ކޮޅު އަޅާލަނީ، ތަށި ފުރާ ގަނޑުފެން ތެރަށެވެ. މިއީ ވިއެޓްނާމް މީހުން އައިސް ކޮފީ ތައްޔާރު ކުރާ ގޮތެވެ. މިވެސް ހަމަ ފައްކަލެވެ.

ހޮންކޮންގުގައި ކޮފީ ތައްޔާރު ކުރަނީ އަދި މުޅިން ތަފާތު ގޮތަކަށެވެ. އެމީހުން ކޮފީ ތައްޔާރު ކުރުމަށް އަޅަނީ މޭޒުމަތީ ތިން ސަމުސާ ގެރިކިރާއި، ގިރާފައިހުރި ބައި ޖޯޑު ކޮފީއާއި، ބައި ޖޯޑު ކަޅު ސައެވެ. ދެން އައިސް ކިޔުބެވެ.

އޮސްޓްރިއާގައި ކޮފީ ތައްޔާރު ކުރަނީ ރޯ ބިހެއްގެ ގޮބޮޅި އަޅައިގެންނެވެ. އަދި ހަކުރުގެ ބަދަލުގައި ބޭނުން ކުރަނީ މާމުޔެވެ. ކޮފީ އާއި، ބިހާއި، މާާމުއި ތެރަށް ފެން އަޅާ ގިރާލަނީ އެވެ.

މިއީ، ތަފާތު އެކި ގައުމުތަކުގައި ކޮފީ ތައްޔާރު ކުރާ ތަފާޓު ގޮތްތަކެވެ. މި ގޮތްތަކުގެ އަޖުމަ ބަލާލައި އެންމެ ކަމުދާ ގޮތެއް ނިންމާށެވެ.