ހަބަރު

ފެނަަކައިގެ ހުރިހާ އިންޖީނުގެއެއްގައި އަލިފާން ނިވާ ނިޒާމު ގާއިމް ކުރަނީ

އަލިފާން ނިއްވުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފެނަކައިގެ ހުރިހާ އިންޖީނުގެ ތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް މިއަދު ވިދާޅު ވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ އަލިފާން ނިއްވުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ހުރިހާ އިންޖީނުގެ ތަކުގައި ގާއިމް ކުރުމަށް މަސައްކަތް ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ނިމޭނެ ކަމަށެވެ.

ދުރުނޫން މުސްތަގުބަލެއްގައި އިންޖީނުގޭގެ އިންޖީނު ރޫމާއި ކޮންޓްރޯލް ރޫމް މޮނީޓާ ކުރެވޭނެ ސިސްޓަމެއް ގާއިމު ކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. މި ސިސްޓަމް ގާއިމް ކުރުމުން ހާދިސާތަށް ދިމާވާން މެދުވެރިވާ ސަބަބު ދެނެގަނެވޭނެ ކަމަށާއި އަދި އެކަމަށް ފިޔަވަޅު އެޅުމަށް ފަސޭހަ ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއަދު ބޯޑުން ނިންމެވީ ފެނަކައިގެ ހުރިހާ އިންޖީނު ގެއެއްގައި ވަގުތުން ވަގުތަށް ސަލާމަތީ ފިޔަވަޅު އެޅުމަށް" ޝަރީފް ވިދާޅުވި އެވެ.