ހަބަރު

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވަގަށް ނެގީ 25،000 ރުފިޔާ

Apr 24, 2017
8

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފަޅާލައިގެން އިއްޔެ ރޭ އެތަނުން ވަގަށް ނަގާފައިވަނީ 25،000 ރުފިޔާ އާއި ލެޕްޓޮޕަކާއި ކެމެރާއެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެގައި ބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފަޅާލުމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ވައްކަމުގައި އެތަނުން ވަގަށް ގެންގޮސްފައިވަނީ އެތަކެތި ކަމަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ތިޖޫރިއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމަށް އިއްޔެ ހަބަރު ފެތުރިގެން ދިޔަ އެވެ. އަދި މި ވައްކަމުގައި ބައި މިލިއަނެއްހާ ރުފިޔާ ނެގިކަމަށް ވެސް އިއްޔެ ބައެއް ނޫސްތަކުން ރިޕޯޓް ކުރި އެވެ.