ދުނިޔެ

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކަންޓެއަށް

Apr 24, 2017

ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ކަންޓޭ ހޯދައިފި އެވެ.

އޭނަ މި އެވޯޑް ހެދީ، ޗެލްސީގެ އޭނަގެ ޓީމު މޭޓް އެޑެން ހަޒާޑްއާ ވާދަ ކޮށެވެ. އޭގެ އިތުރުން އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމްގެ ހެރީން ކޭން އާއި އެވަޓަންގެ ރޮމެލޫ ލުކާކޫ އާއި މެންޗެސްޓާ ޔުނައިޓަޑްގެ ޒަލްޓާން އިބްރޮހިމްވިޗް ވެސް ހިމެނެ އެވެ.

ކަންޓޭ، 26 ދަނީ މިސީޒަންގެ ޗެލްސީގައި މޮޅު ކުލުމެއް ދައްކަމުން ނެވެ. މިދިޔަ އަހަރު ލެސްޓާ ސިޓީއަށް ލީޑް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކަންޓޭ އަށް ޖެހިޖެގެން ދެ ފަހަރު ލީގް ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފަ އެވެ.

ޕީއެފްއޭ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ މިދިޔަ އަހަރުވެސް، އެ އެވޯޑް ގެންދިޔަ ޓޮޓެންހަމްގެ ޑެލީ އަލީ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހާސިލު ކޮށްފައި ވަނީ، މެންޗެސްޓާ ސިޓީގެ އަންހެން ޓީމުގެ ކުޅުންތެރިޔާ ލުސީ ބްރޯންޒް އެވެ. އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ އެވޯޑް ހާސިލު ކޮށްފައި ވަނީ ބާމިންހަމްގެ ޖޭސް ކާޓާ އަށެވެ.

ފުޓްބޮޅަ އަށް ކޯށްދިފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ބެމްކަމް އަށް ވަނީ މެރިޓް އެވޯޑް ދީފަ އެވެ.