އެކްސިޑެންޓް

އައްޑޫ ލިންކް ރޯޑްގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގެ ލިންކް ރޯޑްގައި މިރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެއްޖެ އެވެ.

މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ދުއްވާފައި ދިޔަ ސައިކަލަކާއި ލިންކް ރޯޑަށް ނިކުތް އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ. ނަމަވެސް ދެ މީހުންނަށް ވެސް ގެންދަނީ ފަރުވާދެމުންނެވެ.

އައްޑޫ ސިޓީގެ ލިންކް ރޯޑަކީ އެކްސިޑެންޓް ގިނަ މަގެކެވެ. މީގެ ކުރިން އެ މަގުގައި ހިނގި އެކްސިޑެންޓްތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ.