ހަބަރު

ސަރުކާރު މުވައްޒަފުން ކިޔަވަން އިސްލާމިކް ބޭންކުން ލޯނު ދެނީ

ސަރުކާރު މުވައްޒަފުންނަށް ސުޓަޑީ ލޯން ދިނުމުގެ އެއްބަސްުމެއްގައި ސިވިލް ސާވިސް ކޮމިޝަން (ސީއެެސްސީ)އާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިއަދު ސޮއި ކޮށްފި އެވެ.

ވެލާނާ ގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސީއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަލީ ޝަމީމެވެ. އަދި އެމްއައިބީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާލިދް ހާރޫނެވެ.

މި ރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް އަލީ ޝަމީމް ވިދާޅުވީ ކިޔެވުމަށް ދޭ މި ލޯނަކީ ސަރުކާރު މުވައްޒަފުންނަށް އަމާޒުކޮށްގެން ސީއެސްސީ އިން ފަށާ ފުރަތަމަ ލޯން ސްކީމް ކަމަށެވެ. މި ލޯން ސްކީމްގެ ސަބަބުން މުވައްޒަފުން ވަޒީފާ އަދާކުރާ ދާއިރާއިން އިތުރަށް ކިޔެވުމަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބޭނެ ކަމަށް ސަމީމް ވިދާޅުވި އެވެ.

ޝަރުތުތަށް ހަމަވާ ކޮންމެ މުވައްޒަފަކަށްވެސް މި ލޯން ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެމީހަކު އަދާކުރާ ވަޒީފާގެ ދާއިރާއިން ކިޔެވުމަށް ލޯން ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް އިތުރަށް ވިދާޅުވީ މި ލޯން ދޫކުރަން ހަމަޖެހިފައިވަނީ އެމްއައިބީ އާއި އެ މުވައްޒަފާ ދެމެދު އެއްބަސް ވާ ގޮތެއްގެ މަތިން ކަމަށެވެ.

"ސްޓަޑީ ލޯންގެ ސަބަބުން ސަރުކާރު މުއައްޒަފުންނަށް ހަރަދު ކުޑަ ގޮތެއްގައި ކޔެވުމަށް ފަސޭހަތަކެއް ލިބިގެންދާނެ. ޝަރުތު ހަމަވާ ކޮންމެ މުއައްޒަފަކަށްވެސް މިފުރުސަތު ދެވިގެންދާނެ" ޝަމީމް ވިދާޅުވި އެވެ.

އެއްއައިބީ ބުނީ އެންމެ މަތިވެގެން މި ލޯނަށް އެދި ހުށަހެޅޭނީ 250000 ރުފިޔާގެ ކޯހަކަށް ކަމަށާއި އަދި އެންމެ ދަށްވެގެން 30000 ރުފިޔާގެ ކޯހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު އެ ކޯހަކަށް ދައްކަން ޖެހޭ އަދަދަށް ބަލާފަ ކަމަށާއި އެކޯހުގެ މަހު ފީ މުއައްޒަފުގެ މުސާރައިގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ވެގެން ނުވާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.