އެކި ބާވަތް ބާވަތުގެ ސެެލެޑަކީ އެންމެންނަށް ވެސް ވަރަށް ކަމުދާ ކާނާއެކެވެ. ހަމަ އެކަނި ތަރުކާރީގައްޔެއް ނޫނެވެ. މޭވާގައްޔާއި މޭވައާއި ތަރުކާރީގައި އެކީ ތައްޔާރު ކުރާ ސެލެޑް ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލްކަން ހޯދާފައި އޮވެ އެވެ. މޭވާ އާއި ތަރުކާރީ އަކީ ސިއްހައަތަށް ފައިދާ ހުރި ކާނާގެ ބާވަތްތަކެއްގެ އިތުރުން ދުޅަ ހެޔޮ ސިއްހަރެއްގައި އިންސާނާ ހރުމަށް މުހިންމު ރޯލެއް އަދާ ކުރާ އެއްޗެއް ވެސް މެއެވެ، ބައެއް ކަހަލަ މޭވައާއި ތަރުކާރީގައި އެކުލެވޭ މާއްދާތަކަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އިންސާނާގެ ރީތިކަން ދެމެހެއްޓުމަށް ވެސް މުހިންމު ރޯލެއް އަދާ ކުރާ ބާވަތްތަކެކެވެ.
މިއަދު ތަރުކާރީގެ ބަދަލުގައި މޭވާގައި ސެލެޑް ގެ ބާވަތްތައް ތައްޔާރު ކޮށްލުން ކިހިެއްވާނެ ހެއްޔެވެ؟ މި ސެލެޑްތައް ތައްޔާރުކޮށްލުމަށް ނަގާނީ ހަމަ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އަދި މާ ބައިވަރު ސާމާނުތަކެއް ވެސް ބޭނުމެއް ނުވާނެ އެވެ
މިތަކެތި ހޯދިއްޖެ؟
2/3 ޖޯޑު އރެންޖު ދިޔަ
1/3 ޖޯޑު ލުނބޯ ދިޔަ
1/3 ޖޯޑު ހަކުރު (ބްރައުން / ވައިޓް)
1/2 ސައި ސަމުސާ އޮރެންޖު ތޮށި (ގާނާފައި)
1/2 ސައި ސަމުސާ ލުނބޯ ތޮށި ގާނާފައި
1 ސައި ސަމުސާ ވެނިލާ އެސެންސް
2 ޖޯޑު އަލަނާސި (ކޮށާފައި)
2 ޖޯޑު ސްޓޯބެރީ (ކޮށާފައި)
3 ކިވީ (ތޮށި ނޮޅައި ކޮށާފައު)
3 ދޮންކެޔޮ (ކޮށާފައި)
2 އޮރެންޖު ( ތުށި ނޮޅައި ކޮށާފައި)
1 ޖޯޑު މޭބިސްކަދުރު (މެދުން ފަޅޅާލާފައި)
ދެން ހިނގާ އަވަހަށް ތައްޔާރު ކޮށްލަން؟
ފުރަތަމަ އޮރެންޖު ދިޔަ ކޮޅާއި ލުނބޯ ދިޔަ ކޮޅާއި ހަކުރާއި އޮރެންޖު އަދި ލުނބޯ ތޮށި އަޅާ ކައްކާލާށެވެ. ކެކި ގަތުމުން ހުޅުގަނޑު މަޑުކޮށް ކުޑަކޮށް އޮލަ ވަންދެން ކައްކާލާށެވެ. އެއަށް ފަހު ކޮށާފައި ހުރި މޭވާގެ ތެރަށް އަޅާލައި އެއްކޮށްލާށެވެ. އަދި ކެއުމުގެ ކުރިން ތިނެއް ނުވަތަ ހަތަރު ގަޑީއިރު ވަންދެން ފްރިޖްގައި ބަހައްޓާ ލާށެވެ.