ކުޅިވަރު

ބުރަ ޝެޑިއުލެއްގައި އުނދަގޫ މޮޅެއް، ސެކްލޮސްކީ ހިތްހަމަ ޖެހޭ

Apr 29, 2017

ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް 1-0 މޮޅުވި މެޗަކީ އުނދަގޫ މެޗެއް ކަމަށާއި ނަމަވެސް، ބުރަ ޝެޑިއުލްއެއްގައި އުނދަގޫ މެޗަކުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށް، މާޒިޔާގެ ކޯޗް މެސަޑޯނިއާގެ މަރުޔަން ސެކްލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕްގައި އަންނަ ބުދަ ދުވަހު، އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރު ވުމަށް މާޒިޔާއިން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗު، ފަސް ކޮށްދިނުމަށް، އެފްއޭއެމްގައި އެދިފަ އެވެ. ނަމަވެސް ޝެޑިއުލް އޮތް ގޮތުން އެފްއޭއެމުން ބުނެފައިވަނީ މެޗު ލަސް ކުރެވެން ނެތް ކަމަށެވެ.

އެފްއޭއިން މެޗު ލަސް ކޮށް ނުދިނުމުން، ސެކްލޮސްކީ ވަނީ މެޗުގެ ކުރިން، އެކަމާ ހިތް ހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.

މިއަދުގެ މެޗަށް ފަހު، ވާހަކަ ދައްކަމުން ސެކްލޮސްކީ ބުނީ، އުނދަގޫ ޝެޑިއުލްއެއްގައި ކުޅެގެން ނަމަވެސް، މާޒިޔާއިން ސަވައިވް ވެގެން ކުރިއަށް ދާނެ ކަމަށެވެ.

"މިއީ އަހަރެމެން 12 ދުވަސް ތެރޭ ކުޅުނު ހަތަރު ވަނަ މެޗު، އަހަރެންގެ ކުޅުންތެރިންނަށް އަހަރެން މަރުހަބާ ކިޔަން، އެއީ އަހަންނަށް އެނގޭ މީ ކިހާ އުނދަގޫ މެޗެއް ކަން، ކުޅުންތެރިން ކުރަންވީ މަސައްކަތް ސިކުޑިން ބުނާނެ ނަމަވެސް (ބުރަ ޝެޑިއުލްއެއްގައި) ކުޅޭއިރު އެ މައުލޫމާތު ތަކެއް (ކުރަން ބޭނުންވާ އެކަންތަކެއް) ނުކުރެވޭނެ،" އެއްއަހަރެމެންނަށް ވަރަށް އުނދަގޫ ނަމަވެސް އަހަރެމެން ރަނގަޅު ގޮތްވާން ނޭދުނަސް އަހަރެމެން ހިން ދެމިލާނަން،" ސެކްލޮސްކީ ބުންޏެވެ.

"މާޒިޔާ 30 ދުވަހުގެ ތެރޭގައި ނުވަ މެޗު އެބަ ކުޅޭ، ޕްރިމިއާ ލީގް ޓީމުތައް އެފެންވަރެއްގެ 30 ކުޅުންތެރިން ހިމެނޭ ޓީމުތައްވެސް މިހަލަ ޝެޑިއުލްއެއްގައި ކުލޭއިރު އުނދަގޫވޭ، ދެން މާޒިޔާ އަށް ވަނީ ކިހިނެއް،"

މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އޭނާ ލަނޑު ކާމިޔާބު ހުރީ ހުސައިން ނިޔާޒު މުހައްމަދު ހުރަސް ކޮށްދިން ބޯޅައެއްގަ އެވެ.

ޔުނައިޓަޑް ވިކްޓާރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، އޭނާގެ ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސް ދޭން ޖެހޭ ކަމަށާއި، ދިމާވީ ތަޖުރިބާ މަދުވުމުގެ މައްސަލަ ކަމަށެވެ.

"[ހުސައިން ނިޔާޒް] ބޮކްރީ ލައިގެން ސްޕީޑްގައި މީހަކު ދުވަން ފެށީމަ (އޭނާ ހުއްޓުވަން9 އެ އެޖެސްޓްމެންޓް ގެންނަން މިކޮޅުން [ބެންޗުން] ހަމަ އިރުއިރު ކޮޅާ ގޮވާފަ މި ބުނަނަނީ އެކީ ކައިރި ނުކޮށް ޑިލޭ ކޮށްލާށޭ އެހެން ޕްލޭޔަރުންނަށް އެތެރެއަށް ވަންނަން ވަގުތު ދޭން، އެ އެޖަސްޓްމެންޓް އިރުކޮޅަކު ގެނެވުނު ނަމަވެސް، ފަހުން ހަމަ މި ކުދިންގެ ތަޖުރިބާ އާއި ކޮންސަންޓްރޭޓްރޭޝަން ލެވަލް ދަށްވީމަ، ކޮންމެ ގޮތެއްވިޔަސް މާޒިޔާ ކަހަލަ ޓީމެއްގައި ހުންނަ ސްޓްރެންތެއް މި ޓީމެއްގައި ނުހުންނާނެ،" ނަޒީހް ބުންޏެވެ.