މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ދަތުރުވެސް މިހާރު ނިމެން ކައިރިވީ އެވެ. މި ދަތުުރުގެ އެންމެ ގަދަ ތިން ބައިވެރިން މިއޮތީ އެނގިފަ އެވެ. ގަދަ ފަހަކާ ހިސާބުން މިރޭ އައިޑޮލްގެ އޮޑިން ފުންމާލަން ޖެހުނީ އިބްރާހީމް ވަހީދު (ބޮޑުބެ) އަދި އަބްދުﷲ ހިޝާން އަށެވެ.
ބޮޑުބެ އަދި ހިޝާން އަށް ޝޯ އާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ. ރޭ ދެ ތީމަކަށް ބައިވެރިން ލަވަ ހުށަހަޅައިދިނެވެ. އެއީ ލޯބީގެ ލަވައެއް އަދި އެންމެ ހަނދާން ނައްތާނުލެވުނު އެންމެ ފޭވަރިޓް ލަވަ އެވެ.
ލޯބީގެ ލަވައިގެ ތީމަށް ރޭ ހިޝާން ހުށަހަޅައިދިނީ ހިޝާން ހުށަހަޅައިދިނީ "ހައިރާން ވާހާ ޗާލޭ ތި ލޯ" މި ލަވަ އެވެ. ހިޝާން ގެ މި ލަވައަށް ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނު އިރު އަދިވެސް މިއަށްވުރެ ރީއްޗަށް އެ ލަވަ ހިޝާން އަށް ކިޔޭނެކަން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. ހަނދާން ނައްތާ ނުލެވުނު ފޭވަރިޓް ލަވައިގެ ގޮތުގައި ހިޝާން ހުށަހަޅައިދިނީ "ދަނީ ދަނީ" އެވެ. މި ލަވައަށްވެސް ޖަޖުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްތަކެކެވެ.
ލޯބީގެ ތީމަށް ބޮޑުބެ ހުށަހަޅައިދީފައިވަނީ "ވީ ރީތި ނޭނގޭ ނޭނގޭ" އެވެ. ބޮޑުބެއަށް އަށްވެސް އެ ލަވައިން ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނު އިރު އެއީ ބޮޑުބެގެ އަޑާއި ވަރަށް ގުޅޭ ލަވައެއްކަން ޖަޖުން ފާހަގަކުރި އެެވެ. ހަނދާން ނައްތާ ނުލެވުނު ތީމަށް ބޮޑުބެ ހުށަހަޅައިދީފައިވަނީ "ހުއްޓޭ ވަރޭ މަގޭ ހިތް" މި ލަވަ އެވެ. މި ލަވަ ބޮޑުބެ ހުށަހަޅައިދިނީ އެހެން ލަވަތަކާއި ހިލާފަށް އަމިއްލައަށް ގިޓާ ކުޅެމުންނެވެ. ބޮޑުބެގެ މި ލަވައަށް ޕޮޒިޓިވް ކޮމެންޓުތަކެއް ލިބުނެވެ.
މިރޭގެ އެލިމިނޭޝަން ޝޯގައި އެންމެ ފޭވަރިޓް ލަވަކިޔުންތެރިންނާ އެކު ލަވަ ކިޔަން ލިބުނުން ހިޝާން ލަވަ ކިޔާފައިވަނީ އަންދަލާ ހަލީމް އާ އެކުގަ އެވެ. ބޮޑުބެ ލަވަ ކިޔާފައިވަނީ ބަތޫލް އަހްމަދު އާ އެކުގަ އެވެ.
އައިޑަލްގެ ޝޯއެއް ދެން އޮންނާނީ އަންނަ މަހު 12 ގައެވެ. އެއަށް ފަހު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ކާމިޔާބު ކުރާ ފަރާތް ހޮވުމަށް އަންނަ މަހު 13 ވަނަ ދުވަހު ގްރޭންޑް ފިނާލޭ އޮންނާނެ އެވެ.
މިރޭގެ ޝޯ އިން ގެސްޓު ޖަޖެއްގެ ގޮތުގައި މިދިޔަ އަހަރުގެ ޝޯއިންވެސް ގެސްޓު ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ ޑރ. އަހްމަދު ޝަމްރާހު ފެނިގެން ދިޔަ އެވެ.