މަރު

ތުލުސްދޫގައި ބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

ކ. ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިއްޖެ އެވެ. ތުލުސްދޫ ކައުންސިލްގެ މެންބަރު، އަލީ ރިޒްވީ ވިދާޅުވީ ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި މަރުވީ ތުލުސްދޫއަށް އުފަން ހުސެއިން މާހިން 28، ކަމަށާއި ދަނޑުމައްޗަށް ވެއްޓުމުން އޭނާ ސިއްހީ މަރުކަޒަށް ގެންދިއިރު ވެސް އޮތީ މަރުވެފަ އެވެ.

ތުލުސްދޫ ސްކޫލްގައި ވަޒީފާ އަދާ ކުރާ މާހިންގެ ކުއްލި މަރުގެ މި ހާދިސާއަކީ މިއަދު އިރުއޮއްސުނު ވަގުތު އެވެ. އޭނާ މަރުވެގެން ވެއްޓުނު އިރު އެއްވެސް ކަހަލަ އަނިޔާއެއް ވެފައެއް ނުވެއެވެ.

މާހިން މަރުވި އިރު އޭނާއަކީ އެއްވެސް ބައްޔެއް ހުންނަ މީހެއްކަން މީގެ ކުރިން އެނގިފައެއް ނުވެއެވެ. އަދި އޭނާއަކީ ކައިވެންޏެއް ވެސް ކޮށްގެން އުޅޭ މީހެއް ނޫނެވެ. ނަވެސް ފުލުހުން ގެންދަނީ މިހާދިސާގެ ތަހުގީގެއް ފަށާފަ އެވެ.