ރާއްޖެ ކުޅިވަރު

ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

Apr 30, 2017

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އަތުން 1-0 އިން އަމިއްލަ ދަނޑުގައި ބަލިވުމާއެކު، ސަންޑަލޭންޑް ރެލިގޭޓްވެއްޖެ އެެވެ.

ސަންޑަލޭންޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ބޯންމަތުގެ ޖޮޝުއާ ކިންގް ޖެހީ 88 ވަނަ މިނިޓުގަ އެވެ.

ޕްރިމިއާ ލީގުގައި 10 އަހަރު ހޭދަކޮށްފައިވާ ސަންޑަލޭންޑް މި މެޗުން ބަލިވެ، ހަލް ސިޓީ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗު އެއްވަރުވުމުން، ސަންޑަލޭންޑަށް ވަނީ ޕްރިމިއާ ލީގުގައި ދެމި އޮތުމުގެ ފުރުސަތު ގެއްލިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް ސަންޑަލޭންޑަށް އިރުޝާދު ދިން ފުރަތަމަ ސީޒަންގައި، އެ ޓީމު ވަނީ ލީގުގެ 23 މެޗަކުން ބަލިވެފަ އެވެ. މިއީ މޮއިސްއާއެކު ޓީމެއް ރެލިގޭޓްވި ފުރަތަމަ ފަހަރެވެ.

"އަހަރެން އެންމެ ދެރަވަނީ ސަޕޯޓަރުން މާޔޫސްވީމަ،" މޮއިސް ބުންޏެވެ. "ބުރަ މަސައްކަތްކޮށްގެން ލިބޭ ފައިސާ ހަރަދުކޮށްގެން ދަނޑަށް ވަންނަ ސަޕޯޓަރުން އުންމީދުކުރާ ފެންވަރުގެ ނަތީޖާއެއް ނުނެރެވުމުން ހިތާމަކުރަން."

ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން، ނުވަ މެޗު އެ ޓީމު ނިންމާލީ ލަނޑެއް ނުުޖެހި އެވެ. ސަންޑަލޭންޑަށް މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ، ޖެމެއިން ޑެފޯ ވަނީ ލަނޑެއް ނުޖެހި 15 ގަޑިއިރު ހަަމަކޮށްފަ އެވެ.

މޮއިސް ބުނީ ޑެފޯގެ ފަރާތުން ގޯލްތަކެއް ނުފެނުމަކީ ޓީމު ދަށަށް ދިޔަ އެއް ސަބަބު ކަމަށެވެ.

"ބައެއް މެޗުތަކުގައި އަހަރެމެންނަށް ޑެފޯ އަށް މާ ގިނަ ފުރުސަތުތަކެއް ނުދެވޭ. އެކަމަކު މިއަދު މެޗުގައި ލިބުނު ގޮތަށް، ދެ ތިން ފުރުސަތެއް ޑެފޯ އަށް ލިބުނު ދުވަސްތައް ވެސް ގިނަ. ސީޒަންގެ ކުރީކޮޅު ޑެފޯ އަށް ލިބޭ ފުރުސަތުތައް ބޭނުންކުރި،"