ކުޅިވަރު

އޭޝިއާގެ ވަރުގަދަ ގައުމުތަކާ ވާދަކޮށް ސާއިދު ބްރޯންޒް މެޑަލް ހޯދައިފި

Apr 30, 2017
1

ޓައިވާންގެ ޓައިޕޭގައި މިހާރު ކުރިއަށްދާ އޭޝިއަގެ ގްރޭންޑް ޕްރިކްސް 2017 އިގެ ތިން ވަނަ ލެގްގައި، 100 މީޓަރު ދުވުމުން އޭޝިއާގެ އެންމެ ވަރުގަދަ ގައުމުތަކާ ވާދަ ކޮށް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ޗައިނާ، ހޮންކޮންގް، ތައިލޭންޑް، އިންޑިއާ އަދި ޝްރީލަންކާ ފަދަ ގައުމުތަކުގެ ދުވުންތެރިންނާ ވާދަކޮށް ސާއިދު ތިން ވަނައިގައި ރޭސް ފުރިހަމަ ކުރީ، 10.40 ސިކުންތުން ނެވެ.

އެއް ވަނައިގައި ރޭސް ނިންމީ ޗައިނާގެ އެހެން އެތުލީޓެއް ކަމަށްވާ ޒޫ ހައިޔަންގް އެވެ. އޭނާ ރޭން ނިންމީ ސާއިދު އަށް ވުރެ 0.5 އަވަހަށެވެ.

ދެ ވަނައިގައި ރޭސް ނިންމީ އިންޑޮނޭޝިއާގެ ޔަސްޕީ ބޮބީ އެވެ. އޭނާ ރޭސް ނިންމީ ސާއިދު އަށްވުރެ އެއް ޕޮއިންޓް އަވަހަށް 10.39 ސިކުންތުން ނެވެ.

ރޭހުގައި ވާދަ ކުރި، ވަރުގަދަ ޗައިނާގެ އަނެއް އެތުލީޓް މިން ހޮންގް ދިޔައީ ފަސް ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 10.42 ސިކުންތުން ނެވެ. ތިން ވަނަ އަށް ދިޔައީ އަވަށްޓެރި ސްރީލަންކާގެ ހިމަޝާ އިއަޝަން އެވެ. އޭނާ ރޭސް ނިންމީ 10.41 ސިކުންތުން ނެވެ.