ހަބަރު

މާލެ- ހުޅުލެ ފެރީ ޓިކެޓް 11 ރުފިޔާއަށް

May 1, 2017
2

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓެއްގެ އަގުން ކޮޅަކަށް ރުފިޔާއެއް ބޮޑު ކުރަން ނިންމައިފި އެވެ.

އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން ބުނެފައި ވަނީ އެ ބަދަލު ގެނައީ މި މޭ މަހު 10 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތުން ވެސް ޖީއެސްޓީ ނަގާތީ ކަމަށެވެ.

މިހާރު ހުލުލެ އާއި މާލެއާ ދެމެދުގެ ފެރީ ޓިކެޓެއްގެ އަގަކީ 10 ރުފިޔާއެވެ. ނަމަވެސް މި ބަދަލާއެކު ޓިކެޓެއްގެ އަގު 11 ރުފިޔާ އަށް ބަދަލުވާނެ އެވެ.