ކުޅިވަރު

އަންހެން އަދި ރިސޯޓް ފުޓްސަލް މުބާރާތެއް އިއުލާން ކޮށްފި

May 1, 2017
2

އެފްއޭއެމްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ގޮތުގައި، އަންހެން ފުޓްސަލް މުބާރާތަކާއި ރިސޯޓް ފުޓްސަލް މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.

އަންހެން ފުޓްސަލް މުބާރާތުތުގެ ބައިވެރިވުމުގެ އެންމެ ފަހު ދަވަހަކީ އަންނަ އާދީއްތަ ދުވަހެވެ. އެފްއޭއެމުން ދަނީ މުބާރަތުގައި ބައިވެރިވުމަށް މިހާރު ފޯމް ދޫކުރަމުން ނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 16 ޓީމަށެވެ. އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ ވިދާޅުވީ، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 16 ޓީމަށް ފުރުސަތު ދޭނެ ކަމަށެވެ.

އެ މުބާރާތް ކުރިއަށް ގެންދަނީ، ހަތަރު ގުރޫޕަކަށް ބަހާލައިގެން ނެވެ. އެއީ ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. އެފްއޭއެމުން އަންހެނުންގެ ފުޓްބޯޅައިގެ ހަރަކާތް ފަށަފައި ވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.

އަންހެން ފުޓްސަލް މުބާރަތަށް ފަހު، އެފްއޭއެމުން މިއަދު އިއުލާން ކުރީ ރާއްޖޭގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ރިސޯޓް ފުޓްސަލް މުބާރާތެއް ބޭއްވުމަށެވެ. ރިސޯޓް ފުޓްސަލް މުބާރާތުގެ އެޑްމިޝަން ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2000 ޑޮލަރެވެ.

ކޮންމެ ޓީމެއްގައި، މަދުވެގެން، ބޭރުގެ އެއް ކުޅުންތެރިޔަކު ލިސްޓް ކުރެވޭނެ އެވެ. އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރިސޯޓްތަކަށް ސިޓީން އާއި މެއިލް އިން އެފްއޭއެމްއަށް ފޮނުވުމުން މުބާރާތުގައި ބައިވެރިވެވެ އެވެ.