ލައިފްސްޓައިލް

ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށް ވާނެ ގޮތް މިއޮތީ

May 2, 2017
2

ނަފްސާނީ ގޮތުން މީހާއަކީ ކިހާ ވަރުގަދަ މީހެއްކަން އާންމުކޮށް ދެނެގަންނަނީ އެމީހާގެ އަމަލުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. މަޝްހޫރު ލިޔުންތެރިޔާ އެމީ މޮރިން އޭނާ ލިޔެފައިވާ ފޮތް "13 ތިންގްސް މެންޓަލީ ސްޓްރޯންގް ޑޯންޓް ޑޫ" ގައި ބުނެފައިވާ ގޮތުގަިއ ނަފްސާނީ ގޮތުން މީހާ ވަރުގަދަކުރެވެނީ މީހާގެ ވިސްނުމާއި އުޅުން އަދި ޖަޒުބާތުތައް ކޮންޓްރޯލް ކުރެވިގެންނެވެ.

އެ ފޮތުގައި މޮރިން ބުނެފައިވާ ގޮތުގައި ނަފްސާނީ ގޮތުން މީހާ ވަރުގަދަ ކުރެވޭނީ އަމިއްލަ ނަފްސު ކުށްވެރިކުރާ މިންވަރު މަދުކޮށްގެންނެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް އެކަމާ ވިސްނަން ވަގުތު ހޭދަކުރުމަކީ ވަގުތުތަކެއް ބޭކާރު ކުރުން ކަމަށެވެ. އެއީ ނެގަޓިވް ހިޔާލުތައް މިހާ ވަށާލައި އެހެން މީހުންނާ ދެމެދު އޮންނަ ގުޅުންތައް ހީނަރުކޮށްލަ އެވެ. އެހެން ކަމުން އަމިއްލަ ނަފްސު ކުށްވެރި ކުރާ މިންވަރު މަދުކުރަން ޖެހެ އެވެ.

އަބަދުވެސް އެމީހެއްގެ ކޮންޓްރޯލް އެމީހެއްގެ އަތުގައި ބާއްވަން ޖެހޭނެ ކަމަށް މޮރިން ލިޔެފައިވެ އެވެ. އެހެން މީހުްނ ތިމާ ކޮންޓްރޯލް ކުރާނަމަ އެއި ނަފްސާނީ ގޮތުން ދުވަހެއް ދުވަހަކަށް ބަލިކަށިވާނެ ކަމެއް ކަމަށެވެ. އަމިއްލަ ނަފްސަށްޓަކައި އަމިއްލައަށް ތެދުވާށެވެ.

ތިމާގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވާ ކަންކަމަށް ފޯކަސްކޮށް އެކަންކަމާ ދޭތެރޭ ވިސްނުން ހުއްޓާލަން ޖެހެ އެވެ. މޮރިން ބުނަނީ ތިމާއަށް ކޮންޓްރޯލް ނުކުރެވޭނެ ކަންތައްތަކަށް ފޯކަސްކޮށްގެން އުޅުމަކީ މީހާ ސްޓްރެސްވެ އެންޒައިޓި ފަދަ ބަލިތައް ޖައްސާ އުފާވެރިކަން މީހާގެ ކިބައިން ފޭރިގަންނާނެ ކަމެއް ކަމަށެވެ.

އެންމެން ޕްލީޒްކޮށް އެންމެންމެ ރުހުން ހޯދާކަށްވެސް ނުޖެހެ އެވެ. ބައެއް ފަހަރު ރުޅިވެސް އަންނަން ޖެހޭނެ އެވެ. ހިންހަމަނުޖެހޭ ކަންތައްތައް ދޫކޮށްލަންވސް ޖެހޭނެ އެވެ. އަދި އެއީ މައްސަލައެއް ކަމުގައި ނުދެކި ދިރިއުޅުމައިގެން ކުރިއަށް ގެންގޮސްގެން ނޫނީ ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށް ނުވެވޭނެ އެވެ.

ދެން ކުރަންވީ ކަމަކީ މާޒީން އިބްރަތް ލިބިގަނެ އެ މާޒީ ދޫކޮށްލުމެވެ. ވެނިމިފައި އޮތް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ އެވެ. އޭގެ ބަދަލުގައި މުސްތަގުބަލް ރަނގަޅު ކުރަން މަސައްކަތް ކުރެވޭނެ އެވެ. ކުރިން ކުރެވިފައި ހުރި ކަންތައްތަކާއި ވިސްނާ އެކަމާ ހިތާމަކޮށް ވަގުތުތައް ބޭކާރު ކުުރުމަކީ ޑިޕްރެޝަނަށް މީހާ ވައްޓާލާނެ ކަމެކެވެ.

ކުށް ކުރެވޭނެ އެވެ. އެއީ އިންސާނާގެ ތޮބީއީ ކަމެކެވެ. ނަމަވެސް ނަފްސާނީ ގޮތުން ވަރުގަދަ މީހުން ދެވަނަ ފަހަރަށް އެކުށް ތަކުރާރެއް ނުކުރާނެ އެވެ/ ކުށުގެ ޒިންމާ ނަގާ އެކަމުން ފިލާވަޅު ލިބިގަނެ އެފަދަ ކުށެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށް މޮރިން ލިޔެފައިވެ އެވެ.