ހަބަރު

ބްލީކުރުމާ ދެކޮޅަށް އާކުން ކެމްޕޭނެއް ފަށަނީ

ކުޑަކުދިންގެ ހައްގުތަކުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ، އާކް ގެ ފަރާތުން ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަމުގެ ސެޝަންތަކެއް މާދަމާ ފަށާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެފި އެވެ.

އާކުން ބުނީ "ރެސްޕެކްޓް" ކެމްޕޭނުގެ ދަށުން ހިންގާ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބެލެނިވެރިންނަށާއި ގްރޭޑް 8-12 އަށް ކިޔަވާ ދަރިވަރުންނަށް ވަކިވަކިން ސެޝަންތައް ބާއްވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. ބެލެނިވެރިން ހާއްސަ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 3-7 އަށެވެ. ދަރިވަރުންނަށް ހާއްސަ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 6-9 އަށެވެ.

އާކުން ބުނީ މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަސިޓީގެ ހޯލުގަ އެވެ. މި ސެޝަންތައް ނަގައިދޭނީ އާކްގެ ސީނިއަ ކޮންސަލްޓަންޓް އޮން އެޑިޔުކޭޝަން ފާތިމަތު ނާހިދު ޝާކިރު ކަމަށެވެ. ރެސްޕެކްޓް ކެމްޕެއިން އަކީ 2014 ވަނަ އަހަރުން ފެށިގެން އާކުން ކުރިއަށް ގެންދާ ކެމެޕޭނެކެވެ. މި ކެމްޕެއިން އަކީ ހަނގާކުރުން ނުވަތަ ބުލީކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އާކުން ހިންގަމުން އަންނަ ސިލްސިލާ ޕްރޮގްރާމެކެވެ.