ދިހަ ކުޅުންތެރިންނާއެކު ކުޅުނު، ބެންގަލްދޭޝްގެ އަބްހަނީ ލިމިޓެޑުން 2-0 ގެ ނަތީޖާއަކުން ބެންގަލޫރު ބަލި ކުރުމުން، ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މާޒިޔާއަށް ވެސް ބޮޑު ވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި، ކުޅުނު އަބްހާނީއިން އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު 10 މިނެޓް ތެރޭގަ އެވެ. އޭގެ ކުރިން މެޗުގެ 80 ވަނަ މިނެޓްގައި އަބްހާނީގެ މުހައްމަދު ނަސްރުއްދީން ޗައުދަރީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަފަ އެވެ. އޭނާ އަށް ރީނދޫ ކަޑެއް ދައްކާފައި ވަނިކޮށް، ދެ ވަނަ ރީނޑޫ ކަދެއް ދެއްކީ، އޭނާގެ އަތުގައި ބޯޅަ ޖެހުމުން ނެވެ.
އަބްހާނީ ފުރަތަމަ ލަނޑު 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޑް އުޑިން އެވެ. އޭނާ ލަނޑު ޖެހީ، ޕެނަލްޓީ އޭރިއާ ބޭރުން، އަބްހާނީގެ ވޭލްސްގެ ކުޅުންތެރިޔާ ޖޮނަތަން ބްރައުން ހުރަސް ކޮށްދިން ފުރުސަތެއް ގައި، ވެއްޓިގެން ފައި ބެންގަލޫރުގެ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.
އަބްހާނީގެ ދެ ވަނަ ލަނޑަކީ، ބެންގަލޫރުގެ ކީޕަރު އަމިރަންދަރު ސިންހަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި އެޓީމުގެ ރުބެލް މިޔާ ކަމިޔާބު ކުރި ލަނޑެކެވެ.
މުހިންމު މެޗުތަކުގައި ނަތީޖާ ނެރުމަށްޓަކައި ފަހު ވަގުތު އަބަދުވެސް ކުރިއަށް އަރައި ކުޅުމުގައި ބައިވެރިވާ ކީޕަރު، އަމިރަންދަރު ބޯޅަ ހިފައިގެން، އަބްހާނީ ހާފުގެ ތެރޭގައި ކުޅެން އުޅުމުން، އަބްހާނީގެ ކުޅުންތެރިޔަކު ބޯޅަ ހޯދަން އޭނާއާ ކުރިމަތިލުމުން ބޯޅަ ގެއްލި އޭނާ ވެއްޓުނީ އެވެ. ހާފުގެ މެދެއްހާ ހިސާބުން އަބްހާނީގެ ޑިފެންޑަރު ބޮލުން ކުރިއަށް ފޮނުވަލި ބޯޅަ ދެން ލިބުނީ މިޔާ އަށެވެ. މިޔާ އެބޯޅަ ހުހަށް އޮތް ބެންގަލޫރުގެ ގޯލްތެރެއަށް ފޮނުވަލީ، ސެންޓަ ސާކަލް ތެރޭގައި ހުރެފަ އެވެ.
މެޗުން ބެންގަލޫރު ބަލިވުމުން، އެޓީމާ މާޒިޔާއާ ޕޮއިންޓްގެ ގޮތުން ވަނީ ހަމަހަމަ ވެފަ އެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ނަމަވެސް، ބެންގަލޫރަށް އެއް ވަނަ މަގާމު ލިބެނީ ލަނޑުގެ ތަފާތުން ނެވެ.