ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓު ކަރުދާހުގެ މައުލޫމާތު ހާމަކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޗާޕް ކުރި ވޯޓު ކަރުދާހުގެ ތަފުސީލްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ އެމްސެވަން ޕްރިންޓާޒް އެންޑް ޕަބްލިޝާ ޕްރައިވެޓް ލިމިޓެޑުން ކަމަށާއި އެގޮތުން 431،939 ވޯޓު ކަރުދާސް ޕްރިންޓު ކޮށްފައިވާ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން ވޯޓު ކަރުދާސް ޗާޕު ކުރެވުނު ގޮތުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރަން ޖެހެ އެވެ. އީސީން ވަނީ ވަކިވަކި ރަށްރަށަށް ވޯޓު ކަރުދާސް ޗާޕު ކުރި އަދަދު އިއުލާނުގައި ހިމަނާފަ އެވެ. އެގޮތުން މާލެ ސިޓީގެ ދާއިރާތަކަށް ޗާޕުކޮށްފައި ވަނީ މުޅިއަކު 46،752 ވޯޓު ކަރުދާހެވެ.