ދުނިޔެ

ދެފަހަރު ބައިވެރިވެގެން ވެސް ޓެސްޓުން ފާސް ނުވުމުން އިންޑިއާގެ 3،000 އެއްހާ ޓީޗަރުން ވަކިކުރަނީ

Apr 3, 2015

އިންޑިއާ އަވަށެއްގައި ޓީޗަރުންގެ ފެންވަރު ބެލުމަށް ބޭއްވި އިމްތިހާނުގައި ދެ ފަހަރު ބައިވެރިވެގެން ވެސް ފާސް ނުވުމުން އެ އަވަށުގެ 3،000 އެއްހާ ޓީޗަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

އިންޑިއާގެ އަވަށެއް ކަމަށް ވާ ބިހާރްގެ 3،000 އެއްހާ ޓީޗަރުން ވަޒީފާއިން ވަކިކުރަން ނިންމީ 2008 އިން ފެށިގެން އެ އަވަށުގެ ޓީޗަރުންގެ ފެންވަރު ބެލުމަށް ބާއްވަމުން އަންނަ އިމްތިހާނުގައި ދެ ފަހަރު ބައިވެރިވެގެން ވެސް ފާސް ނުވުމުންނެވެ. އެ އަވަށުގެ ޓީޗަރުންގެ ފެންވަރު ބެލުމަށް އިނގިރޭސި އާއި ހިސާބާއި ހިންދީ ބަހުގެ އިތުރުން އާންމު މައުލޫމާތު ހިމެނޭ ޓެސްޓްތަކެއް ކޮންމެ އަހަރަކު ވެސް ބާއްވަ އެވެ.

މިއަހަރު ބޭއްވި އިމްތިހާނުގައި ދެ ފަހަރެއްގެ މަތިން ބައިވެރިވެގެން ވެސް ފާސްނުވި ޓީޗަރުންނަށް ވަކިކުރަން ނިންމީ އެފަދަ ޓީޗަރުން ވަޒީފާއިން ކުރަންޖެހޭނެ ކަމަށް އެ ސަރަހައްދުގެ ހައި ކޯޓުން ނިންމުމުންނެވެ. އެގޮތަށް އެ ކޯޓުން ނިންމީ އެގޮތަށް ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ބުނެ ޓީޗަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މީގެކުރިން ވެސް އެ އިމްތިހާނު ފާސް ނުވުމުން އެ އަވަށުގެ ގިނަ ޓީޗަރުންތަކެއް ވަކިކޮށްފަ އެވެ. އެގޮތުން 2013 ގައި އެގޮތަށް 10،000 އެއްހާ ޓީޗަރުން ވަކިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.