ވިޔަފާރި

އޭޝިޔާގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ޓީޓީއެމް ފެއާއަށް

May 6, 2017

އޭޝިޔާގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ "އެއާ އޭޝިއާ" ޓީޓީއެމް 2017 ފެއާގެ އެއާލައިން ޕާޓްނަރުގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސް އިން ބުނީ މެލޭޝިޔާގެ މަޝްހޫރު ލޯކޮސްޓް އެއާލައިން އެއާ އޭޝިޔާ ޓީޓއެމް ފެއާގައި ބައިވެރިވެފައިވާ ކަމަށެވެ. މި އެއާލައިންއަކީ ދުނިޔޭގެ 25 ގައުމެއްގެ 165 މަންޒިލަކަށް އުދުހޭ އެއާލައިން އެކެވެ.

ޓީޓީއެމް ފެއާ ބާއްވަނީ މި އަހަރުގެ ޖުލައި މަހުގެ 12-13 ދެ ދުވަހު އެވެ.

ޓީޓއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ.

މިފެއާގެ މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.