ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

May 6, 2017

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސަވައިފި އެވެ.

މި ގޮތަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ މިހާރު މުޅި ރާއްޖޭގައި ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓް ނެގުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާތީ އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

ކައުންސިލް އިންތިހާބުގެ ވޯޓްގެ ކަންކަމުގައި ސިވިލްސާވިސްގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެ އެވެ.