ކުޅިވަރު

ގަދަ ހަތަރެއްގެ އުންމީދާއެކު ވިކްޓަރީ ފުރަތަމަ ބުރު ނިންމާލައިފި

May 7, 2017

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ހޯދި މޮޅާއެކު، ވިކްޓަރީން ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް އުންމީދު ތަނަވަސްކޮށް ފުރަތަމަ ބުރު ނިންމާލއަިފި އެވެ.

ފުރަތަމަ ބުރު ނިންމާލިރު، ވިކްޓަރީއަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ކުޅުނު ހަތް މެޗުގެ ތެރެއިން، ބަލިވީ ތިން މެޗުން ނެވެ. ދެ މެޗުން އެއްވަރުވީއރު، މޮޅުވީ ވެސް ދެ މެޗުން ނެވެ.

ވިކްޓާރީގެ ކޯޗް އަލީ ސުޒޭން މީގެ ކުރިން ބުނެފައިވަނީ، ފުރަތަމަ ބުރުން، އަށް ޕޮއިންޓް ލިބުނު ނަމަވެސް، ދެ ވަނަ ބުރުގެ މެޗުތަކުން، ނަތީޖާތައް ރަނގަޅުކޮށް، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ އުންމީދު އެބައޮތް ކަމަށެވެ. މިއަދުގެ މެޗުން މޮޅުވުމުން، ވިކްޓާރީ އޮތީ ފަސް ވަނައިގަ އެވެ. ނަމަވެސް، މިރޭ ކުޅޭ މެޗުން، އެޓީމު އޮތް މަގާމަށް ބަދަލު އައުމުގެ ފުރުސަތު ވެސް އެބައޮތެވެ. .

މިރޭ އީގަލްސްއާ ނިއުރޭޑިއަންޓް ކުޅޭ މެޗުން، އީގަލްސް ބަލިވެއްޖެނަމަ، ފުރަތަމަ ބުރު ފަސް ވަނައިގައި އޮވެ ނިންމާލުމުގެ ފުރުސަތު ވިކްޓާރީއަށް ލިބިގެންދާނެ އެވެ.

މިއަދުގެ މެޗުގައި، ފުރަތަމަ ލީޑް ނެގީ، ޔޫވީއިން ނެވެ. މެޗުގެ 32 ވަނަ މިނެޓްގައި، އެޓީމަށް ލީޑް ނަގައިދިނީ، ބިދޭސީ ކުޅުންތެރިޔާ ޒިވްކޮވިޗެވެ. ފުރަތަމަ ހާފު ނިމެން އުޅޭނިކޮށް، ހަސަން އަދުހަމް ކާމިޔާބު ކުރި ލަނޑުން، ވިކްޓަރީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ 62 ވަނަ މިނެޓްގައި، ވިކްޓަރީ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ މުހައްމަދު ރިޝްވާން އެވެ.