ކުޅިވަރު

ކުޑަ ހުސެން އަށްފަހު އާތިފްވެސް އަޔަން މޭން ފުރިހަމަ ކޮށްފި

May 8, 2017

އަޔަން މޭން އަކީ، ބަރު އަދި އުނދަގޫ ރޭހެކެވެ. ފެތުމާއި ބައިސްކަލް ދުވަުމާއި، ދުވަން ހިމެނޭ މި އުނދަގޫ ރޭހުގައި 226.195 ކީލޯމީޓަރުގެ ސަރަހައްދެއް ރޭސް ޖަހައިގެން ކަޑަތު ކުރަން ޖެހެ އެވެ. އެއީ 3.8 ކިލޯމީޓަރަށް ފެތުމާއި، 180.2 ކިލޯ މީޓަރަށް ބައިސްކަލުގައި ދުއްވުމާއި 42.195 ކިލޯމީޓަރަށް، ދުވުމެވެ. ބައިސްކަލް ދުއްވުމުގައި، އާންމުކޮށް ބައިސްކަލް ދުއްވަން ލިބޭ ޓްރެކެއްގައި ދުވާކަށް ނުލިބޭނެ އެވެ. އަޑިގުޑަން ހުރި މަޑު ފަސްގަނޑު ހިމެނޭ ބޮޑުމާސިންގާ ސަރހައްދުތަކާއި އުސް ހިސާބު ތައްވެސް ހިމެނޭނެ އެވެ. ދުވުންވެސް އޮތީ އެގޮތަށެވެ، ސިންތެޓިކް ޓްރެއްގައި ނުވަތަ، ހަމައެކަނި ތާރު އެޅި މަގެއް، އެ ދިގުރާސްތާ ސަރހައްދުގައި ނުލިބޭނެ އެވެ. ފެތުންވެސް އޮތީ މިހެންނެވެ. އޮލިމްޕިކް ޕޫލެއް ނޫނެވެ. ވަޔާ ގަދަ އޮއިވަރާއެކު ރާޅު ބާނިތައްވެސް އުފެދިފައިވާ ފުން ސަރަހަދެކެވެ.

މި ބަރު، ރޭސް ފުރިހަމަ ކުރި، ފުރަތަމަ ދިވެއްސަކީ، ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ، ހުސައިން ހަލީމް (ކުޑަ ހުސައިން)، މިދިޔަ މަހު ކުޑަ ހުސައިން ރޭސް ފުރިހަމަ ކުރީ ދެކުނު އެފްރިކާގައި ކުރިއަށް ގެންދިޔަ، އަޔަން މޭންގެ ޗެލެންޖުގަ އެވެ. ދެހާސް ހަ ވަނަ އަހަރުން ފެށިގެން، އަޔަންމޭންއެއް ފުރިހަމަ ކުރަން އޭނާ ކުރި އުންމީދު ހާސިލުވީ، މިއަހަރު އެވެ.

އުމުރުން 48 އަހަރުގެ ކުޑަހުސައިން ވާދަ ކުރީ 42 އަހަރާއި 49 އަހަރުގެ ކެޓަގަރީގަ އެވެ. ކުޑަ ހުސައިން ދެކުނު އެފްރިކާގެ އޮތް ރޭހަށް ދިޔައީ، އޭނާގެ އަމިއްލަ އަތުން 200000 ރުފިޔާ ހޭދަކޮށްގެން ނެވެ. އެކެޓަގަރީގައި ވާދަކޮށް، 15 ގަޑިއިރާއި 23 މިނެޓު 38 ސިކުންތުން މިބަރު އުނދަގޫ ރޭސް ނިންމި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ހާސިލު ކުރީ ކުޑަ ހުސައިން އެވެ.

ކުޑަ ހުސައިންއަށް ފަހު، މިފަހަރު، ޒުވާނެކެވެ. އުމުރުން 29 އަހަރުގެ ދުވުންތެރިޔާ އަހްމަދު އާތީފެވެ. ހެޔޮ އެދޭ ސްޕޮންސަރުންގެ އެހީތެރިކަމާއެކު، އާތިފް ވާދަ ކުރީ އޮސްޓްރޭލިއާގައި އޮތް އަޔަމޭން ޗެލެންޖްގަ އެވެ. ހަރު މީހަކަށްވުރެ، ޒުވާނެއްގެ ސްޕީޑް އަވަސްވާނެކަން އެންމެން ގަބޫލު ކުރާނެ އެވެ. ނަމަވެސް، އާތިފަށްވެސް ރޭސް ފަސޭހައެއް ނުވާނެ އެވެ. އޭނާ ރޭސް ނިންމީ 12 ގަޑި 30:12 މިނެޓުން ނެވެ.

ކުޑަ ހުސައިންއަށް ފަހު މިފަހަރު އާތިފެވެ. އާތިފްވެސް، ރޭސް ފުރިހަމަ ކުރީ އުނދަގޫ މަރުހަލާއެއްގެ ތެރެއިން ނެވެ. ދެ އެތުލީޓުންނަށްވެސް ސާބަސް ދޭން ޖެހެއެވެ. ދިވެހި ތިން ވަނަ އަޔަންމޭން އަށް ވާނީ ކާކު ހެއްޔެވެ.